އިންޖީނެއްގެ ބައިތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

އިންޖީނެއްގެ ބައިތަކެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ކ. މާލެ، ހ. ފެންތިލަގެ، ހަސަން ޝާން (45އ) އާއި ސ. ހިތަދޫ، ދާންނާގެ، އަފްލަހް އަލީ (35އ) އެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަސަން ޝާން 15 ދުވަހަށް އަދި އަފްލަހް އަލީ ހަތް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ކޯޓުގައި މި ދެ މީހުން ވަނީ ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށް ބުނެފަ އެވެ.
ކޯޓު އަމުރުގައި ބުނީ އެ ދެ މީހުން އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އިންޖީނުގެ ބައެއް ފެނިފައިވާ ކަމަށް އައިއޯ ފާހަގަކުރާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންނަކީވެސް ވައްކަމުގެ ހައްޔަރު އަދި ބަންދު ރެކޯޑް އޮތް ދެ މީހުން ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ