ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެމީހުން ހައްޔަރުކޮށް ބަންދަށް 15 ދުވަސް ތެލުގެ އަގު ދެގުނަ މައްޗަށް ދިޔަޔަސް، އަގު ބޮޑުކުރަން ސަރުކާރުން ނުވިސްނާ: ޒަމީރު ހަނގުރާމަޔާ ގުޅިގެން އިގުތިސާދަށް އަތުވެދާނެ ލޮޅުންތަކުން ސަލާމަތްވާން ފިޔަވަޅު އަޅަނީ ބީއެމްއެ

އިންތިޒާމީ އަދި ހާރިޖީ ކަމެއްގައިވެސް، މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރިއަށްދާ ހަނގުރާމައަށް، ދިވެހިރާއްޖެ ބޭނުންކުރުމުގެ ފުރުސަތު ނުދެއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، އެމެރިކާގެ ހާރިޖިއްޔާގެ މަންދޫބެއް ރާއްޖެ ވަޑައިގެން އުޅުއްވާކަމަށް ބުނެ ނިއުޅެމުންދާ ހާބަރަށް އިޝާރާތްކުރައްވައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިޒްރޭލު ނޫން އެހެން ގައުމެއްގެ މަންދޫބެއް ރާއްޖެ ވަޑައިގެން މަޝްވަރާކުރައްވަން އެދިވަޑައިގެންފިކަމުގައިވާނަމަ، އެ ފުރުސަތު ދެއްވާނޭކަމަށެވެ.
ދެކުނު އަދި މެދުތެރޭ އޭޝިއާ އަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސަރޖިއޯ ގޯ، ދިވެހި ސަރުކާރާއެކު އަދި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެހެންނަމަވެސް، ބައްދަލުވުމަކަށް އެދިވަޑައިގަންނަވާފައިވާ ކަމަށެވެ. މަންދޫބާއެކު ކުރައްވާ މަޝްވަރާގައިވެސް، މި ހަނގުރާމައިގެ މައުޟޫއު ފެންމަތިވިކަމުގައިވިޔަސް، ރާއްޖެއިން ދައްކާނޭ ވާހަކައެއް ނޯންނާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިރާއްޖޭގެ ބިމުގެ ސަރަޙައްދެއްވެސް، ކަނޑުގެ ސަރަޙައްދެއްވެސް އަދި ވައިގެ ސަރަހައްދެއްވެސް، އެއްވެސް ހަނގުރާމައަކަށް ނުވަތަ އަސްކަރީ ބޭނުމަކަށް ބޭނުންކުރާނޭ ފުރުސަތު، އެއްވެސް ގައުމަކަށް ނުދެއްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރަމުންދާ ހަނގުރާމައާ ދިވެހި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށާއި، އެއްވެސް ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލާގޮތަށް ހަމަލާދިނުމަކީ ކޮށްގެންވާނޭކަމެއް ނޫންކަމަށް ވިދާޅުވެ، މިހާރުން މިހާރަށްވެސް ހަމަލާތައް ހުއްޓާލުމަށް ރައީސް ގޮވާލެއްވިއެވެ.
އިޒްރޭލަކީ ދިވެހި ސަރުކާރުންވެސް އަދި ދިވެހި ރައްޔިތުންވެސް ބަލައިގަންނާނޭ ބައެއް ނޫންކަމަށާއި، މިއަދާ ހަމައަށް އައިއިރު، އެތައް ޒަމާނެއް ވަންދެން ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ކުރިމަތިކުރަމުން އައި ނިކަމެތިކަމަކީ ދިވެހި ރައްޔިތިން އެއްގޮތަކަށްވެސް މަޢާފުކުރާނޭ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ