ވީއައިއޭ ފިޔަވައި އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ މާފަރު އެއާޕޯޓަށް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފިޔަވައި އަހަރުގެ މިހާތަނަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރި އެއާޕޯޓަކަށް މާފަރު އެއާޕޯޓް ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރެ އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށެވެ. މިހިނގާ ޖެނުއަރީމަހުގެ 24 ގެ ނިޔަލަށް ވީއައިއޭއަށް 168,559 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި މުއްދަތުގެ ތެރޭގައި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް ވަނީ، 487 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މާފަރު އެއާޕޯޓް ފިޔަވައި ދެން އެންމެގިނައިން ފަތުރުވެރިން ޒިޔާަރަތްކުރި އެއާޕޯޓްތަކުގެ ލިސްޓްގެ ކުރީގައި އުޅެނީ، ގޭން އިންޓަރނޭޝަނަލް އެއާޕޯޓާއި، ވިލާ އިންޓަރނޭޝަނަލް އެއާޕޯޓާއި ދާލު އެއާޕޯޓެވެ.
އިންޓަރނޭޝަނަލް އެއާޕޯޓްތަކަށް އައި ފަތުރުވެރިން... މައުލޫމާތު: ޓޫރިޒަމް މިނިސްޓްރީ
މާފަރު އިންޓަރނެޝަނަލް އެއާޕޯޓަކީ މިހާރު ރާއްޖޭގައި އޮތް އިންޓަރނޭޝަނަލް އެއާޕޯޓްތަކުގެ ތެރެއިން އެންމެގިނައިން ޕްރައިވެޓް ޖެޓްތައް އަންނަ އެއާޕޯޓެވެ. ރ.އަތޮޅާއި ބ.އަތޮޅު ރިސޯޓްތަކަށް އަންނަ މަހުޖަނުންގެ ގިނަ އަދަދެއްގެ ޖެޓްތައް މިހާރު ޕާކްކުރަނީ މާފަރު އެއާޕޯޓައްކަން ފާހަގަކޮށްލެވެއެވެ. 
އަހަރުގެ މިހާތަނަށް ރާއްޖެއަށް 170,709 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.5 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 160,224 ފަތުރުވެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ