"ރާޔާ މާލެ" ނަމުގައި ހިންގާ ޕޭޖަކުން ސްކޭމް ކޮށްގެން ފައިސާ ހޯދަމުންދާތީ، އެކަމަށް ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ ޖުވެލަރީ ފިހާރައަކަށް ހެދިގެން އެ ޕޭޖުން ސްކޭމްގެ މަޅީގައި މީހުން ޖައްސަނީ 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދޭ ކަމަށް ކަސްޓަމަރަށް ދައްކައިގެން ކަމަށެވެ.
ނަމަވެސް ސްކޭމްކުރާ ޕޭޖުން ކަސްޓަމަރު އެއްޗެއް ގަންނަން ބޭނުންވެއްޖެ ހިނދެއްގައި، ފައިސާ ދެއްކުމަށް ފޭކް ލޮގިން ޕޭޖެއް ދައްކައި، ބެންކް އޮފް މޯލްޑިވްސްގެ ޔޫޒާ އަދި ޕާސްވޯޑް އަތުލާ ކަމަށެވެ.
"މި ވެބްސައިޓަކީ ކާޑުގެ މައުލޫމާތުގެ އިތުރުން ތިޔަފަރާތުގެ އިންޓަނެޓް ބޭންކިން ކްރެޑެންޝަލްސް ވަގަށް ނެގުމަށް ހިންގަމުންދާ ސްކޭމެއް،" ފުލުހުން ބުންޏެވެ.
މިގޮތުން އެ މައުލޫމާތު ބޭނުންކޮށްގެން ސްކޭމަރުން އިންޓަނެޓް ބޭންކިންއަށް ވަދެ، އެކައުންޓުގައި ހުރި ފައިސާ ފޭރިގަންނަން މަސައްކަތް ފަށާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބޭންކަށް ވަނުމަށް އެއްވެސް ވެބްސައިޓެއްގައި ދީފައިވާ ލިންކަށް ނުފިއްތުމަށް އެދޭ ކަމަށާއި އޯޓީޕީއަކީ އެކައުންޓުން ފައިސާ ފޮނުވުމަށް ދެވޭ "ކޮޅު" ކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. އޭގެއިތުރުން އެއްވެސް ލިންކެއްގައި އޯޓީޕީ ނުޖަހަން ވެސް ފުލުހުން އެދެ އެވެ.
މީގެއިތުރުން ފުލުހުން ބުނީ "ރާޔާ މާލެ" ނަމުގައި ހިންގާ ވެބްސައިޓުގައި މައުލޫމާތެއް ޖެހިފައިވާނަމަ، ލަސްނުކޮށް ބޭންކަށް ގުޅައި އެކައުންޓާއި ކާޑު ބްލޮކް ކުރުމަށް އެދޭ ކަމަށެވެ.
ރާއްޖޭގައި އެކި ޕޭޖުތަކުގެ އިތުރުން އެކި ވެބްސައިޓުތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ދަނީ އެކި ސްކޭމްތައް ކުރަމުންނެވެ. އޮންލައިންކޮށް ކުރާ ސްކޭމްތަކުގައި ގެއްލޭ ފައިސާތައް ގިނަފަހަރު ހޯދަން ފުލުންނަށް ވެސް އުނދަގޫވާތީ، ސްކޭމްތަކަށް ސަމާލުވުމަށް އެ މުއައްސަސާއިން އެދެ އެވެ.
"ރާޔާ މާލެ" ޕޭޖުން ސްކޭމްކޮށް ފައިސާ ހޯދާތީ ސަމާލުވާން އެދިއްޖެ "ރާޔާ މާލެ" ޕޭޖުން ސްކޭމްކޮށް ފައިސާ ހޯދާތީ ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ