ފަހަރެއްގައި ބަޔަކަށް އަޑުއަހަން ފަސޭހަ ނުވެދާނެއެވެ. އެހެނެއް ކަމަކު ދެވަނަ ވިސްނުމަކުން މި ކަމާމެދު ވިސްނާލުން ރަނގަޅުވެދާނެއެވެ.
ގައުމިއްޔަތުގެ ވާހަކައިގެ އަޑުގަދަ މިކަލަ ދުވަސްވަރެއްގައި ގައުމިއްޔަތުގެ ރަމްޒުރަކާމެދު ވިސްނާ ހިޔާލުކޮށްލީމެވެ. ވިސްނާލީ ގައުމީ ނިޝާނާއި ގައުމީ ސަލާމާއި ގައުމީ ދިދައާއީ މެދުގައެވެ.
ދުނިޔޭގެ ގައުމުތަކުގައި އެތަކެއްޗަށް އިހުތިރާމްކޮށް ކުރުނީސް ކުރުމުގައި ފިސާރި ބޮޑު ވާހަކައެއް އޮވެއެވެ. ގައުމީ ރަމްޒުތަކާ އެގައުމަކާ ބޮޑުގުޅުމެއް އޮވެއެވެ. މިސާލަކަށް އިންޑިއާގެ ގައުމީ ސަލާމުން ބަހާރަތުމާ ކިތަންމެ ރަނގަޅަކަށްވެސް ސިފަކޮށްދެއެވެ. ގައުމީ ޖޯޝް ގެނުވައެވެ.
ރާއްޖޭގެ ގައުމީ ސަލާމުން ގައުމީ ޖޯޝް ދިވެހިންގެ ހިތަށް ވައްދައެއް ނުދެއެފެ ރާއްޖޭގެ ގައުމީ ސަލާމުން ހަގީގީގަތުގަޢި ރާއްޖެ ސިފަވެ ގައުމީރޫހު ހިތްތަކަށް ވައްދައެއް ނުދެއެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް ހަގީގަތަކީ އެއިއެވެ.
ރާއްގެ ބޮޑު ބަޔަކީ ކަނޑެވެ. ދިވެހީންގެ މައިގަޑު ރޯދި ބަރަކާތް ގުޅިފައިވަނީ ކަނޑާއެވެ. ދިވެހިން މަސްހޫރުވެފައި ޒަމާނުެއްސުރެ ލާމެހިފައިވަނީ ކަނޑާއެވެ. އެހެންނަމަވެސް ދިވެހި ގައުމީ ދިދައިގައި ކަނޑުކުލައަކަށް ޖާގައެއްނެތެ.
ދިވެހި ދިދައިގައި ކަނޑު ކުލައަށް ޖާގައެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ