ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު އައިސްފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. މި ބަދަލާ ގުޅޭގޮތުން ޒަކާތު ހައުސްއިން ބުނީ، މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ބަލަނީ ރިހީގެ އަގަށެވެ.
އެހެންކަމުން، މިއަދުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 21،836.50 (އެކާވީސް ހާސް އަށް ސަތޭކަ ތިރީސް ހަ ރުފިޔާ ފަންސާސް ލާރި) އެވެ.
މުދަލު ޒަކާތް ވާޖިބުވަނީ ތިމާގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ނުވަތަ މުދާ ހުރެ، އެ މުދަލުގެ މައްޗަށް ހިޖުރީ ގޮތުން އެއް އަހަރު ފުރިހަމަވެފައިވާނަމަ އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތައެވެ.
މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ