ދިވެހި ވަތަނީ ހިދުމަތް ނުވަތަ ރާއްޖޭގެ ނެޝަނަލް ސާވިސްގެ ފުރަތަމަ ބުރުގައި ބައިވެރިވި 350 ދަރިވަރުންގެ ތެރެއިން 344 ދަރިވަރުން މިއަދު ދަސްވެނިވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނެޝަނަލް ސާވިސް ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ބައިވެރިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު، އެ ޕްރޮގްރާމުގެ ތަމްރީނުތައް ކުރިއަށް ގެންދިޔަ ޅ. މާފިލާފުށީގައި މިއަދު ވަނީ ބާއްވައިފަ އެވެ.
ތަފްސީލް - މިދިޔަ 27 ސެޕްޓެމްބަރުގައި ފެށި ޕްރޮގްރާމުގައި ރާއްޖޭގެ 108 ރަށަކުން ޖުމްލަ 350 ދަރިވަރުން ބައިވެރިވި އެވެ.
އޭގެ ތެރޭ ހިމެނެނީ:
64 އަންހެން ދަރިވަރުން
286 ފިރިހެން ދަރިވަރުން
މިކުދިންގެ އެވްރެޖު އުމުރަކީ 18 އަހަރު
މި ޕްރޮގްރާމުގެ މަގުސަދަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ އަދި ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމެވެ.
ޕްރޮގްރާމުގައި ކިޔަވައިދިން މާއްދާތަކުގެ ތެރޭގައި؛
ދިވެހި ގައުމިއްޔަތު
ޒިންދާރު ރައްޔިތުކަން
ލެންގުއޭޖު ޕްރޮފެޝަންސީ
ލީޑާޝިޕް
އިސްލާމިކް ސްޓަޑީސް
ފިޒިކަލް ޓްރެއިނިން
ވޯޓަމޭންޝިޕް
ޑްރިލް
ފަސްޓްއެއިޑް
ފަޔަ ފައިޓިން
ސެލްފް ޑިފެންސް
ކޭމްޕް އެކްޓިވިޓީސް
މި ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ކަނޑައެޅިފައިވާ މިންގަނޑުތައް ހާސިލްކުރި ދަރިވަރުންނަށް ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަޝިޕް ވަނީ ދީފަ އެވެ.
ޕްރޮގްރާމުގައި ބައިވެރިވި %96 ކުދިން ވަނީ މި ސެޓްފިކެޓު ލިބޭ ފެންވަރަށް ފާސްވެފައި
އެނގުން މުހިއްމު - ނެޝަނަލް ސާވިސް ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމަވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ޒުވާނަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭއިރު ޕްރޮގްރާމު ހިންގުމަށް އަހަރަކު 400 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާނެ ކަމަށް ރައީސް ކުރިން ވިދާޅުވި އެވެ.
ނެޝަނަލް ސާވިސްގެ ފުރަތަމަ ބުރުން 344 ދަރިވަރުން ދަސްވެނިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ