ނިމުނު އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިން
ނިމުނު އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިންކަމަށް އެ އެއާޕޯޓުން ބުނެފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމުނު 2025 ވަނަ އަހަރު އެ އެއާޕޯޓުން ވަނީ 8.28 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދީފައެވެ. އޭގެތެރޭގައި އިންޓަނޭޝަނަލް ޓާމިނަލުން ޚިދުމަތް ދީފައި ވަނީ 5.38 މިލިއަން ފަސިންޖަރުންނަށެވެ. ޑޮމެސްޓިކް ޓާމިނަލުން 1.17 މިލިއަން ފަސިންޖަރުންނަށް އަދި ސީޕްލޭން ޓާމިނަލުން 1.73 މިލިއަން ފަސިންޖަރުންނަށް ވަނީ ޚިދުމަތް ދީފައެވެ. ނިމުނު އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެއް ދުވަސް ތެރޭ އެންމެ ގިނައިން ވީލް ބޭސްޑް ފަސިންޖަރުންނަށް ޚިދުމަތް ދީފައި ވަނީ ޑިސެމްބަރު 28ގައެވެ. އެ ދުވަހު ވަނީ 27،381 ފަސިންޖަރުންނަށް ޚިދުމަތް ދީފައެވެ. އަދި ސީޕްލޭން ޓާމިނަލުން އެއް ދުވަސް ތެރޭ އެންމެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފައި ވަނީ ފެބްރުއަރީ 16ގައެވެ. އެ ދުވަހު ވަނީ 7،439 ފަސިންޖަރުންނަށް ޚިދުމަތް ދީފައެވެ. https://x.com/VelanaAirport/status/2014339062904316146 ހަމައެއާއެކު ނިމުނު އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 249،214 އެއާ ޓްރެފިކް މޫވްމަންޓް ވަނީ ރެކޯޑުކޮށްފައެވެ. އޭގެ ތެރޭގައި: އިންޓަނޭޝަނަލް ޓާމިނަލް - 34،868 އެއާ ޓްރެފިކް މޫވްމަންޓް ޑޮމެސްޓިކް ޓާމިނަލް - 28،348 އެއާ ޓްރެފިކް މޫވްމަންޓް ސީޕްލޭން ޓާމިނަލް - 185،998 އެއާ ޓްރެފިކް މޫވްމަންޓް ފާހަގަކޮށްލެވޭ ގޮތުގައި ނިމުނު އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވައި، ބޭނުން ކުރަން ފެށީ، މިނިވަން ދުވަސް ކަމަށްވާ ޖުލައި 26ގައެވެ. އެފަހުން އެ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުން ކުރަން ފެށީ މިމަހުގެ 11ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ