އަމިއްލަ ނަފްސް އެދޭ ކަންކަން ނުކޮށް ﷲ ތަޢާލާއަށް ބިރުވެތިވުމުން ކުރާނެ ފައިދާތައް-

ޢާއިޝަތު ރަފާޙް ޢަލީ
 
ޝަހުވާތްތަކަކީ ނަފްސުގެ އެދުންތަކެވެ. ދުނިޔޭގައި އުޅޭއިރު ޝަހުވާތްތަކުން ދުރުހެލިވުމަކީ ވަރަށް އުދަނގޫ ކަމެކެވެ. ނަމަވެސް އެކަންކަމުން ދުރުހެލިވުމުން ދުނިޔެއާއި އާޚިރަތުގައި އެމީހަކަށް ޡަވާބު ލިބިގެންދެއެވެ. ދުނިޔޭގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމުގެ އިތުރުން ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވަތެވެ. އިން ޝާ ﷲ  
އެހެންކަމުން މި ލިޔުމުގައި މިބަލާލަނީ ޝަހުވާތްތަކުން ދުރުހެލިވުމުން އެކަމުން ލިބޭ ފައިދާ ނުވަތަ މޭވާއަށެވެ.
· ދުނިޔެއާއި އާޚިރަތުގައި އެމީހަކަށް ފަލާޙް ލިބިގެންދޭ: މުއުމިނުން އަންހެނުންނާއި ފިރިހެނުން، ދުނިޔެއާއި އާޚިރަތުގައި އެބައިމީހުންނަށް ކާމިޔާބު ލިބުނު ސަބަބުތަކުގެ ތެރޭގައި އެބައިމީހުން، ﷲ ތަޢާލާ ޙަރާމް ކުރެއްވި ޒިނޭ ފަދަ ކަންކަމުން ދުރުހެލިވެ، ހަމައެކަނި ކައިވެނީގެ ގުޅުމުން ގުޅިގެން ކުރިއަށް ދެއެވެ. 
ﷲ ތަޢާލާ މުއުމިނޫން ސޫރަތުގެ 1 ވަނަ އާޔަތުން 5 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ. 
قَدْ أَفْلَحَ الْمُؤْمِنُونَ ‎﴿١﴾‏ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ‎﴿٢﴾‏ وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ ‎﴿٣﴾‏ وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ ‎﴿٤﴾‏ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ‎﴿٥﴾‏
މާނައީ: "مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. (1) އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. (2) އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. (3) އަދި އެއުރެންނީ، زكاة ދޭމީހުންނެވެ. (4) އަދި އެއުރެންނީ، އެއުރެންގެ فرج ތަކަށް ރައްކާތެރިވާމީހުންނެވެ. (5)" 
· ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާކަން އެނގިގެންދޭ: މުއުމިނު އަންހެނުންނަށް ﷲ ތަޢާލާ، ޒީނަތްތެރިކަމުގެ ނުވަތަ ޒީނަތްތެރިވުމުގެ އެއްވެސް އަލާމާތެއް ނެތް ފަރުދާއެއް ލައިގެން އުޅުމަށް އަމުރުކުރައްވާފައިވެއެވެ. 
ﷲ ތަޢާލާ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 
وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ‎﴿٣١﴾‏ 
މާނައީ: "އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ. (31)"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ