މީދޫގައި ގެވެށި އަނިޔާގެ މައްސަލައެއް؛ މީހަކު ހައްޔަރުކުރުމުން ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެއްޖެ

ދ. މީދޫގައި، ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ގެވެށި އަނިޔާގެ މައްސަލަ އާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ގުޅިގެން މި ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނައުމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެފައިވާ ކަމަށް ވެސް ބުންޏެވެ.
އެ މީހުން ދަނީ ފުލުހުންނާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ