ގެވެށި އަނިޔާގެ މައްސަލައެއްގައި މީހެއްގެ ފޯނު ފުލުހަށް ހޯދަން ހުރަސް އެޅުމުން ހައްޔަރަށް

ގެވެށި އަނިޔާގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އެކަމަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ ދ. މީދޫގައި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ވާޖިބަށް ހުރަސް އެޅި މައްސަލައިގެ އިތުރަށް، ގެވެށި އަނިޔާގެ މައްސަލަ ވެސް ބަލަމުން އަންނަކަމަށް ވަނީ ބުނެފައެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނައުމާ ގުޅިގެން އެ ރަށުގެ ބައެއް އާންމުން ވަނީ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެފައެވެ. ގެވެށި އަނިޔާގެ މައްސަލަތައް ރާއްޖޭގައި ވަރަށް އާންމެވެ. ޚާއްސަކޮށް އަންހެނުންނަށް ކުރާ އަނިޔާ އިތުރުއިރު، މަދުން ނަމަވެސް ފިރިހެނުންނަަށް ވެސް އެ ކަމާ ކުރިމަތިލާން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ