ދައުލަތަށް ޓެކްސް ނުދައްކައިގެން މީރާއިން މިދިޔަ އަހަރު ޝަރުއީ މަރުހަލާއަށް ގެންދިޔަ މައްސަލަތަކުގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ މިދިޔަ އަހަރުގެ އެންމެ ފަހު ކުާޓަރުގެ ރިޕޯޓްގައިވާގޮތުން ހުސްވިއަހަރު ނިމުނުއިރު، އެ އިދާރާއިން ވަނީ 31 މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. މީރާއިން 2024 ވަނަ އަހަރު އެއްވެސް މައްސަލައެއް ކޯޓަށް ހުށަހަޅާފައިނުވާއިރު، ކުރީ އަހަރުތަކުގައި ކޯޓަށް ވައްދާފައިހުރި މައްސަލަތަކުން 6 މައްސަލައެއް އެ އިދާރާއާ އެއްކޮޅަށް އަދި 6 މައްސަލައެއް ވަނީ، ދެކޮޅަށް ނިމިފައެވެ.
މިދިޔަ އަހަރު ކޯޓުގައި ހިނގާދިޔަ މައްސަލަތަކުން މީރާއާ އެއްކޮޅަށް 16 މައްސަލައެއް ނިމިފައިވާއިރު، 5 މައްސަލައެއް މީރާއާ ދެކޮޅަށް ވަނީ ނިމިފައެވެ. މީގެ އިތުރުން 11 މައްސަލައެއްގައި ވަނީ އެ އިދާރާއާ ދެކޮޅަށް ދައުވާކޮށްފައެވެ.
މިދިޔަ އަހަރު ނިމުނުއިރު ކޯޓު އަމުރުގެ ދަށުން އެކައުންޓްތައް ހިފަހައްޓައިގެން ދައުލަތަށް ލިބެންޖެހޭ 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައެވެ. ތަފާސްހިސާބަށް ބަލާއިރު 2024 ވަނަ އަހަރު މި އަދަދު އުޅެނީ 43.9 މިލިއަން ރުފިޔާގައެވެ.
މީރާއަށް މިދިޔަ އަހަރު ޓެކުހާއި ފީގެ ގޮތުގައި ޖުމްލަ 32.7 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މީގެ ތެރޭގައި ހިމެނެނީ، ޓެކުހުގެ ގޮތުގައި ލިބުނު 25.8 ބިލިއަން ރުފިޔާ އާއި، އެހެނިހެން ފީގެ ގޮތުގައި ބަލައިގަތް 6.9 ބިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު މީރާއިން ކޯޓަށް ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ