މަރާމާތު ކުރަން ރަސްފަންނު ސަރަހައްދު ބަންދުކޮށްފި

މަރާމާތުގެ މަސައްކަތްކުރުމަށް މާލޭ ރަސްފަންނުގެ އެކި ސަރަހައްދުތައް ބަންދުކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އިއްޔެ އިން ފެށިގެން ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ތަފްސީލް - މަސައްކަތް ކުރިއަށްގެންދާ މުއްދަތުގައި، މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދާ ސަރަހައްދުތައް ވަގުތީ ގޮތުން ބަންދުކުރަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރަސްފަންނު އޮންނަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ. މީގެ ކުރިން ވެސް އެ ސަރަހައްދުގައި ހުރި ވަސީލަތްތައް ވީރާނާވަމުންދާތީ ކުރިމަތިވި ފާޑުކިޔުންތަކާ އެކު ރަސްފަންނު ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރި އެވެ.
ގުޅުން ހުރި - މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރައީސް މުހައްމަދު މުއިއްޒު ވަނީ ރަސްފަންނާއި ސަލްޓަން ޕާކު ވީރާނާވާތީ ހިތާމަ ކުރައްވާ ކަމަށާއި އެ ތަންތަނަށް އާރޯކަން ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ދެ ތަން ވެސް ތަރައްގީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ