ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ރާއްޖޭގައި ބާއްވާ ހަމައެކަނި ގައުމީ ފެންވަރުގެ އެވޯޑް، ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026ގެ ވަނަވަނައަށް ދިޔަ ފަރާތްތައް ރޭ އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ހުށަހަޅައިދޭ މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮތީ ނިވާ ކުރުނބާ މޯލްޑިވްސްގަ އެވެ.
މިއީ މި އެވޯޑް ބޭއްވި ތިންވަނަ އަހަރެވެ. މި އެވޯޑަކީ ރިސޯޓުތަކުގެ މުވައްޒަފުންގެ ހުނަރާއި އެ ފަރާތްތަކުން ދާއިރާއަށް ކުރާ ހިދުމަތްތައް ފާހަގަކުރުމަށް ރާއްޖޭގައި ދެވޭ ހަމައެކަނި އެވޯޑެވެ.
މި އަހަރުގެ ރަސްމިއްޔާތުގައި ރިސޯޓު ހިންގުމާއި މެހުމާނުންނަށް ހިދުމަތްދިނުމާއި އިސްމަގާމުތަކާއި ދެމެހެއްޓެނިވި ތަރައްގީ އަދި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށްފައިވެ އެވެ.
ތަފްސީލް - ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026ގެ ވަނަވަނައަށް ދިޔަ ފަރާތްތައް:
ވެލްނެސް ޕާސަނަލިޓީ އޮފް ދަ އިޔާ: މަޔޫރީ ހަމްނޮންމުއަންގް، ސެންޓާރާ މިރާޖް ލެގޫން އެންޑް ގްރޭންޑް ލެގޫން މޯލްޑިވްސް
ކޮންސިއާޖު/ގެސްޓް ސާވިސަސް ޕާސަނަލިޓީ އޮފް ދަ އިޔާ: އާމިނަތު މަލްސާ ޝިޔާމް، ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް
ހައުސްކީޕަރު އޮފް ދަ އިޔާ: އަޙްމަދު ފަޒީން، ވަންއެންޑްއޮންލީ ރީތި ރަށް
އައިޓީ ޕާސަނަލިޓީ އޮފް ދަ އިޔާ: އަބްދުލްގާދިރު އަންވަރު، ކަނޑިންމަ މޯލްޑިވްސް
އިންޖިނިއަރު އޮފް ދަ އިޔާ: ހުސައިން ހަމީދު، ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް
ލޭންޑްސްކޭޕާ އޮފް ދަ އިޔާ: އަބްދުﷲ އިބްރާހީމް، ސަން ސިޔާމް އޮޅުވެލި
ސެކިއުރިޓީ އޮފިސަރު އޮފް ދަ އިޔާ: ޔައުގޫބް އިސްހާގް، އޯބްލޫ އެކްސްޕީރިއަންސް އާއިލާފުށި އަދި އޯބްލޫ ސެލެކްޓް ލޯބިގިލި
އެޗުއާރު އެންޑް ޓްރެއިނިން ޕާސަނަލިޓީ އޮފް ދަ އިޔާ: މުހައްމަދު ހުސައިން ޝިހާބް، އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް
އޭވިއޭޓާ އޮފް ދަ އިޔާ: ޝަޒީން މަންސޫރު، މަންޓާ އެއާ
މެރިނާ އޮފް ދަ އިޔާ: އަބްދުލް މުހައިމިން އާދަމް، އަލީލާ ކޮތައިފަރު މޯލްޑިވްސް
ޕްރޮކިއުމަންޓް ޕާސަނަލިޓީ އޮފް ދަ އިޔާ: އަލީ ޝަރީފް، އަންގްސާނާ ވެލާވަރު
ފައިނޭންސް ޕާސަނަލިޓީ އޮފް ދަ އިޔާ: މަހްމޫދު މަތަރު، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
ސޭލްސް ޕާސަނަލިޓީ އޮފް ދަ އިޔާ: ތާއިފް އަހްމަދު، އަވާނީ ޕްލަސް ފަރެސް މޯލްޑިވްސް ރިސޯޓް
މާކެޓާ އޮފް ދަ އިޔާ: ކޭނަން ކަރަބަގްލީ، ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް
ޕީއާރު އެންޑް ކޮމިއުނިކޭޝަންސް ޕާސަނަލިޓީ އޮފް ދަ އިޔާ: ދުއިގޫ ތަރުތާ، ޖޯލި މޯލްޑިވްސް އަދި ޖޯލި ބީންގް
ޝެފް އޮފް ދަ އިޔާ އަދި ބީބީއެމް ޗެއާމަންސް ސްޕެޝަލް އެވޯޑް: ކްރިސްޓިއަން ކްރިސްޓޮފާ ޕެޑާސަން، ދަ ސެންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
އެފްއެންޑްބީ ޕާސަނަލިޓީ އޮފް ދަ އިޔާ: އަޔާޒް މުހައްމަދު، ވަންއެންޑްއޮންލީ ރީތި ރަށް
ވޯޓަސްޕޯޓްސް ޕާސަނަލިޓީ އޮފް ދަ އިޔާ: ޒައިދު އަހްމަދު، ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ
ޑައިވިން ޕާސަނަލިޓީ އޮފް ދަ އިޔާ: މުހައްމަދު އަރުޒާން، ވިލާ ނޯޓިކާ
އެއާޕޯޓް ރެޕްރެޒެންޓޭޓިވް އޮފް ދަ އިޔާ: މުހައްމަދު މިހާދު، އަމިއްލަ މޯލްޑިވްސް
ޔަންގް ހޮޓެލިއާ އޮފް ދަ އިޔާ: އާމިނަތު ނުސްހާ ހަސަން، ކޯރާ ކޯރާ މޯލްޑިވްސް
ރިސޯޓް މެނޭޖާ އޮފް ދަ އިޔާ: ހަސަން ސައީދު، ނިވާ ދިގަލި މޯލްޑިވްސް
ޖީއެމް އޮފް ދަ އިޔާ: ޓީޖޭ ޖޫލަކް، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
ޓީމުތަކަށް ދިން އެވޯޑުތައް:
• ހޮޓެލް ޓީމް އޮފް ދަ އިޔާ: ޖޯލި މޯލްޑިވްސް
ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމް އޮފް ދަ އިޔާ: ވީއީޓީ ބައި އީއެޗްއެލް ޕްރޮގްރާމް، ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސް
ސީއެސްއާރު ޕްރޮގްރާމް އޮފް ދަ އިޔާ: ފުށިފަރު މޯލްޑިވްސް އަދި މެއްޔަފުށި މޯލްޑިވްސް
ސަސްޓެއިނަބިލިޓީ ޗެމްޕިއަން އޮފް ދަ އިޔާ: ކޮކޯ ޕާމް ދުނިކޮޅު
ސޭލްސް އެންޑް މާކެޓިން ޓީމް އޮފް ދަ އިޔާ: އެއިޓްކެން ސްޕެންސް ހޮޓެލްސް، މޯލްޑިވްސް
ރޫމްސް ޑިވިޝަން ޓީމް އޮފް ދަ އިޔާ: އެސްއޯ/ މޯލްޑިވްސް
އެޗުއާރު އެންޑް ޓްރެއިނިން ޓީމް އޮފް ދަ އިޔާ: ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
އެންޖިނިއަރިން ޓީމް އޮފް ދަ އިޔާ: ސިކްސް ސެންސަސް ކަނުހުރާ
ފައިނޭންސް ޓީމް އޮފް ދަ އިޔާ: އޯޒެން ލައިފް މާދޫ
އެފްއެންޑްބީ އެންޑް ކަލިނަރީ ޓީމް އޮފް ދަ އިޔާ: ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް
ވެލްނެސް ޓީމް އޮފް ދަ އިޔާ: އޯޒެން ރިޒާވް ބޮލިފުށި
ސަޕޯޓް ޓީމް އޮފް ދަ އިޔާ: ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ ބީބީއެމް އެވެ. މި އެވޯޑްގެ އެހެނިހެން ސްޕޮންސަރުންނާއި ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ:
ޕްލެޓިނަމް ސްޕޮންސަރުން - ދިރާގު، އެސްޓީއޯ އެނާޖީ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
ބެވަރޭޖް ޕާޓްނަރަކީ މާލޭ އެއިރޭޓަޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)
އެސޯސިއޭޓް ސްޕޮންސަރުން - އެލިއާ އާއި މެޓަލް ސައިންސް
ޓްރާންސްޕޯޓް ޕާޓްނަރަކީ ސުވެނިއާ މެރިން
އޮގަނައިޒިން ޕާޓްނަރަކީ ސްޓޯމް އިވެންޓްސް
އެސޯސިއޭޓް ޕާޓްނަރުން - ސެޝަން ބައި އޫފީ، ލައިޓްސްއައުޓް ސްޓޫޑިއޯސް، ބްލޫ އެންޑް ވައިޓް އަދި މޯލްޑިވްސް އިންސައިޑާ
ބްރޯޑްކާސްޓް ޕާޓްނަރަކީ މޯލްޑިވްސް ޓީވީ
ފަތުރުވެރިކަމުގެ ދާއިރާގެ ހުނަރުވެރިންނަށް އެވޯޑު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ