ސައިކަލަކާއި ކާރެއް ޖެހި ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލެ ފޭސް 1 ގެ ނިރޮޅުމަގު، ރުއްގަނޑު 1 ސަރަހައްދުގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:42 އެހާކަންހާއިރުއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ހުވަނދުމާ ހިނގުމަށް އަޅަން އުޅުމުގެ ތެރޭގައި، އެ ވަގުތު ނިރޮޅުމަގުން ދަތުރުކުރި ކާރެއްގައި ޖެހިގެން ކަމަށެވެ.
މި ހާދިސާގައި ސައިކަލު ދުއްވަން އިން 36 އަހަރުގެ ދިވެހި އަންހެނަކަށް ވަނީ އެކިވަރުގެ ކުދި އަނިޔާތައް ލިބިފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ބަލައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ