އޮޅުހިޔާގެ އާބާތުރަ ފިލުވާ، އެތަނަށް ބޭނުންވާ އިތުރު ސާމާނުތައް ހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އޮޅުހިޔާ އެ ވުޒާރާއާއި ހަވާލުކުރި ވަގުތުން ފެށިގެން އެތަނަށް ބުޅާތައް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްފައިވާއިރު، ބުޅާ ބޭތިއްބުމަށް ކޭޖްތައް ތައްޔާރުކުރުމާއި، ބުޅާތައް ބައިތިއްބާ ކޮށިތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ފުރަތަމަ ބެޗްގައި 15 ބުޅާ އޮލުހިޔާއަށް ލިއެވެ. އަދި އެ ބުޅާތައް 4 ކޮށްޓަކަށް ވަނީ ބަހާލާފައެވެ.
އެހެންކަމުން އޮޅުހިޔާގެ އިތުރު ކޮށިތަކުގެ ރަގަޅުކުރަން ޖެހޭކަންކަން ބަލައި ރަނގަޅުކުރުމުގެ މަސައްކަތް މިހާރުވެސް އެ ވުޒާރާއިން ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަންކަން ރަގަޅު ކުރެވެމުން ދާވަރަކަށް އިތުރު ބުޅާތައް އޮޅުހިޔާއަށް ލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން މި ބަންދުތެރޭގައި އިތުރު 15 ބުޅާ އޮޅުހިޔާއަށް ގެނެވިފައިވެއެވެ. އެހެންކަމުން މިހާރު ޖުމްލަ 30 ބުޅާ އޮޅުހިޔާގައި ބަލަހައްޓަމުން އެބަގެންދެއެވެ. އަދި އިތުރު ވަސީލަތްތައް ފުރިހަމަ ކުރެވޭ މިންވަރަކުން އޮޅުހިޔާއަށް އިތުރު ބުޅާތައް ގެނައުމުގެ މަސައްކަތް ކުރަމުން ދާނެކަމަށް މިނިސްޓްރީން ފާހަގަ ކުރެއެވެ.
”އޮޅުހިޔާ“ އަށް ބޭނުންވާ އިތުރު ސާމާނުތައް ހޯދާ، އިތުރު ބުޅާތައް ގެންދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ