ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރު ޒަރީރު

އާ ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ދެންމެ އައްޔަން ކުރައްވައިފި އެވެ. 
ފިނޭންސް މިނިސްޓަރަކަށް ޒަރީރު މި އައްޔަން ކުރެއްވީ ސެޕްޓެމްބަރު 30، 2024 އިން ފެށިގެން އެ މަގާމު ފުރުއްވި މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޒަރީރު، ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 
ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް އޭނާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ