ޓްރީ ޓޮޕުގެ މާލޭ ކްލިނިކުން ޓެލެމެޑިސިންގެ ހިދުމަތް ތައާރަފްކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން މާލޭގައި ހިންގާ ކްލިނިކް، ޓީޓީއެޗު ކްލިނިކުން ފޯރުކޮށްދޭ ސިއްހީ ހިދުމަތް އިތުރަށް ފުޅާކޮށް، ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ޓެލެމެޑިސިން ކޮންސަލްޓޭޝަންގެ ހިދުމަތް އިއްޔެ ތައާރަފްކޮށްފި އެވެ.
ތަފްސީލް - މި ހިދުމަތުގެ ސަބަބުން ބަލިމީހުންނަށް ބޯޑު-ސެޓިފައިޑް ފެމިލީ މެޑިސިން ސްޕެޝަލިސްޓުންނާ، ރައްކާތެރި އަދި ފަސޭހަ ވާޗުއަލް ޕްލެޓްފޯމްތަކުން މަޝްވަރާކުރެވޭނެ އެވެ. އެގޮތުން:
މި ހުރިހާ ހިދުމަތެއް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ މައިޓީޓީއެޗް އެޕް މެދުވެރިކޮށް ލިބޭނެ
މި އެޕް މެދުވެރިކޮށް އޮންލައިން ކޮންސަލްޓޭޝަންތަކާއި ވީޑިއޯ ކޯލްތައް ފަސޭހަކަމާ އެކު ކުރެވޭނެ
ބުނީ ކީކޭ؟ - "މުޅި ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ބަލިމީހުންނަށް ހިދުމަތް ދިނުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ މި ހިދުމަތުން، ވަކިން ހާއްސަކޮށް ދުރު ރަށްރަށުގެ މުޖުތަމައުތަކަށް އިތުރު ފައިދާތަކެއް ކުރާނެ އެވެ،" ޓްރީ ޓޮޕުން ބުންޏެވެ.
"ވާޗުއަލްކޮށް ހިދުމަތް ދިނުމުގައި ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަތީ ފެންވަރުގެ ކްލިނިކަލް މިންގަނޑުތައް ދެމެހެއްޓޭނެ އެވެ."
ފާހަގަކޮށްލެވޭ - ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ:
އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކުރުން 
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި ނަން މަޝްހޫރު އެކި ދާއިރާތަކުން ހާއްސަވެފައިވާ ޑޮކްޓަރުން މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ދިނުން
ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާން ޖެހޭ ސަބަބު މަދުކޮށް، ހަރަދުތައް ކުޑަކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ