މާލޭގެ ބައެއް ސަރަހައްދު ތަކަށް ކަރަންޓް ދީފި

ކަރަންޓް ކެނޑުމަށް ދިމާވި މައްސަލަ ހައްލުކޮށް މާލޭގެ ބައެއް ސަރަހައްދު ތަކަށް މިހާރު ކަރަންޓްގެ ޚިދުމަތް ދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 
މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން މުޅި ސަރަހައްދުން މިއަދު މެންދުރު 12:30 ކަންހާއިރު ވަނީ ކަރަންޓުކެނޑިފަ އެވެ. 
ސްޓެލްކޯއިން ބުނީ، މާލެ ސަރަހައްދުން ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. އަދި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
މީގެ އިތުރުން ސްޓެލްކޯއިން ބުނީ، ”ޓޯޓަލް ބްލެކްއައުޓް“ އަކަށްވާތީ ގްރޭޓާ މާލެ ގްރިޑް އަލުން އެނާޖައިޒް ކުރުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. 
އަދި އެ ޗެކްއަޕްތައް ނިމުނުހާ އަވަހަށް މާލެއާއި ހުޅުމާލެ ޖެންސެޓްތައް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. 
އެގޮތުން، މިހާރު މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށް ބުނެފައިވެއެވެ. 
މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާއިރު، މާލޭގެ ބައެއް ސަރަހައްދު ތަކަށް ކަރަންޓް ދެވިފައިވާ ކަމަށް ދާދި ދެންމެ އަކު ސްޓެލްކޯއިން ވަނީ ބުނެފައެވެ. 
އަދި ކަރަންޓް ނުދެވި ހުރި ސަރަހައްދު ތަކަށްވެސް ކަރަންޓް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ