ވިނަރެސް ސަރަހައްދަށްވެސް ކަރަންޓް ލިބިއްޖެ

ވިނަރެސް ސަރަހައްދަށްވެސް މީގެ ކުޑައިރުކޮޅެއްކުރިން ކަރަންޓް ލިބިއްޖެއެވެ.
ހުޅުމާލޭ ފޭސް ދޭއްގެ ވިނަރެސް ފްލެޓްތަކަށް ކަރަންޓް އަނބުރާ ލިބިފައިމިވަނީ، ކަރަންޓް ދިޔަތާ 5 ގަޑިއިރުފަހުންނެވެ. މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވަނީ މިއަދު 12:45 އެހާއިރުއެވެ. މިއީ މުޅި މާލެ ސަރަހައްދުން މި ފަހުގެ ތާރީހެއްގައި ކަރަންޓް ކެނޑުނު ފުރަތަމަ ފަހަރެވެ.
ކަރަންޓް ކެނޑުމާއެކު ސްޓެލްކޯއިން އެންމެ ފުރަތަމަ ކަރަންޓް ދީފައިވަނީ ހޮސްޕިޓަލްތަކަށާއި، އެނޫންވެސް އެފަދަ މުހިއްމު ތަންތަނަށެވެ. އެއަށްފަހު ކަރަންޓް ދިޔަތާ ދެ ގަޑިއިރެއްހާއިރުގެ ތެރޭގައި ވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފައެވެ. އަދި އޭގެ ފަހުން ވަނީ ހުޅުމާލޭގެ ފޭސް އެކެއްގެ އިތުރުން ހިޔާ ސަރަހައްދަށް ކަރަންޓް ދީފައެވެ. ސްޓެލްކޯއިން މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އިރުއޮއްސުމުގެ ކުރިން ކަރަންޓް ނުދެވިހުރި ތަންތަނަށް ކަރަންޓް ދޭނޭކަމަށެވެ.
މާލެ ސަރަހައްދުން ކަރަންޓް ދިއުމުގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުން ހުއްޓާލައި ކުދިން ގެއަށް ފޮނުވާލިއިރު، ގިނަ އަދަދެއްގެ ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓްތަކެއްގެ ހިދުމަތް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ