ޗައިނާ-ރާއްޖެ އެފްޓީއޭ | އެންސިސް ދިވެހި އުފެދުންތަކާއެކު ޗައިނާ ބާޒާރަށް

އެންސިސްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓު ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، އެ ގައުމުގެ ޝިންގުއާންގު ޝޯ ކޮމާޝަލް މެނޭޖްމަންޓް ކުންފުންޏާ އެކު އެވެ.
ޗައިނާ އާ އެކު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓު (އެފްޓީއޭ)ގެ ދަށުން، ރާއްޖޭން ފުޅާ ދާއިރާއެއްގައި މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރާ، އެންސިސް ފިޝަރީޒް ކުންފުނީގެ މަހުގެ އުފެއްދުންތައް ޗައިނާ މާކެޓަށް އެކްސްޕޯޓު ކުރަން ޗައިނާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ. 
ޗައިނާ އާއި ރާއްޖޭން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދިވެހި ކުންފުންޏަކުން ޗައިނާގެ ބާޒާރަށް ދިވެހި އުފެއްދުންތަކާއެކު ނުކުންނަން ސޮއިކުރި މިއީ ފުރަތަމަ އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މަސްވެރިކަމުގައި ފުޅާކޮށް އިންވެސްޓްކޮށްފައިވާ އެންސިސް ކުންފުނިންނެވެ. އެއްބަސްވުމުގައި ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ، އެ ގައުމުގެ ޝިންގުއާންގު ޝޯ ކޮމާޝަލް މެނޭޖްމަންޓް ކުންފުންޏާ އެކު އެވެ. 
އެ ރަސްމިއްޔާތުގައި ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަޒީލް ނަޖީބުގެ އިތުރުން ސްޓޭޓް ފިޝަރީޒް މިނިސްޓަރު ޑރ. އަމްޒަތު އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އަދި މިއީ ރާއްޖޭގެ މަހުގެ ބާވަތްތައް ޗައިނާ އަށް އެކްސްޕޯޓު ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ގާއިމް ކުރިނަމަވެސް މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އެއްބަސްވުމަށް އަމަލު ކުރުން އޮތީ ހުއްޓުވާފަ އެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ ދިވެހިންނަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް އެއްބަސްވުން ފަހި ކުރައްވާފަ އެވެ.އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ މުދަލުގެ 91 ޕަސެންޓް މުދަލުން ޑިއުޓީ ނުނަގާއިރު ރާއްޖޭން ޗައިނާ އަށް އެކްސްޕޯޓް ކުރާ މަހުގެ ހުރިހާ ބާވަތް ތަކުން ޑިއުޓީ މައާފު ވާނެ އެވެ. މީގެތެރޭގައި، ތާޒާ، ފިނިކޮށް ގަނޑުކޮށްފައި ހުންނަ ކަޅު ބިލަމަހާއި ފާނައިގެ ބާވަތްތަކާއި އަދި ކަންނެލީގެ ބާވަތްތަކާއި މަސް ދަޅާއި ވަޅޯ މަހާއި ލޮނު މަހުގެ އިތުރުން ސީފުޑްގެ ބާވަތްތައް ވެސް ހިމެނެ އެވެ.ރާއްޖެ އަށް އަހަރަކު 700 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރާ ޗައިނާއާ ދެމެދު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސަރުކާރުން ވަނީ ޗައިނާ އާއި ރާއްޖޭގެ ވިޔަފާރި އަހަރު އެއް ބިލިއަން ޑޮލަރަށް މަތި ކުރާނެ ކަމަށް ބުނެފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ގާއިމް ކުރިނަމަވެސް މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އެއްބަސްވުމަށް އަމަލު ކުރުން އޮތީ ހުއްޓުވާފަ އެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ ދިވެހިންނަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް އެއްބަސްވުން ފަހި ކުރައްވާފަ އެވެ.
އެފްޓީގެ ދަށުން ރާއްޖޭގައި އުފައްދާ ގިނަ އުފެއްދުންތަކެއް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުސަތު ފަހި ވެގެންދާނެ އެވެ. މަހުގެ 200 ބާވަތް ރާއްޖޭން ވެލިއުއެޑްކޮށްގެން އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހި ވެގެންދާނެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ