ފިރިހެނެއްގެ ކައިވެންޏަށް 2 އަންހެންކުދިން އެކުގަ އެދިއްޖެނަމަ ޢަމަލުކުރަން އޮތް ގޮތް-

ކިޔުންތެރިއެއްގެ ކިބައިން ލިބިފައިވާ ސުވާލުގައި ވަނީ ހެޔޮލަފާ 2 އަންހެންކުދިން އޭނާގެ ކައިންވެންޏަށް އެިފައިވާ ކަމަށާއި އެހެންކަމުން ކަންތައްކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ 
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އެއިގެ އިތުރުން ދެމީހަކު ކައިވެނިކުރަން ތައްޔާރުވަމުން ދަނިކޮށް އެކަމުގެ ތެރެއަށް ވަދެގަނެގެން ނުވާނެކަންވެސް ލިޔުމުން އެނގިލައްވާނެއެވެ. އެހެންކަމަށްވާއިރު ދެމީހަކު ކައިވެނިކޮށް ރަނގަޅުގޮތުގައި އުޅެމުންދަނިކޮށް އެދެމެދަށް ވަދެގަތުމާއިމެދު ބިރުވެތިވުމުގެ މުހިންމުކަންވެސް ވިސްނިލައްވާނެއެވެ. އިން ޝާ ﷲ 
އަޅުގަޑުގެ ސުވާލަކީ އިސްލާމް ދީނުގައި އަޚާގެ ޚިޠްބާގެ މައްޗަށް ޚިޠްބާ ކުރުމަކީ ހުއްދަ ކަމެއް ނޫނޭ، އެހެންކަމަށްވަނީނަމަ، ޚިޠްބާ ކޮށްފައިވާ ފިރިހެން ކުއްޖެއްގެ ގާތުގައި އަންހެން ކުއްޖަކު ޚިޠްބާ ކުރުމަށް އެދުމަކީ ކޮންކަހަލަ ކަމެއްތޯ؟ އެދެ އަންހެން ކުދިންނަށް އެކަކު އަނެކަކު ނޭނގެއެވެ؟
الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد:
ސުވާލުގައި އިޝާރާތް ކުރައްވާފައިވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘަށެވެ. (لَا يَخْطُبُ أَحَدُكُمْ عَلَى خِطْبَةِ أَخِيهِ)ރަވާހުލް ބުޚާރީ ރަޙިމަހުﷲ. މާނައަކީ: "ތިޔަބައިމީހުންގެ އަޚާގެ ޚިޠްބާގެ މައްޗަށް ޚިޠްބާ ނުކުރާ ހުށި ކަމެވެ."
އަލްޙާފިޡް އިބްނު ޙަޖަރުލް ޢަސްގަލާނީ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް އެކަނބަލުންގެ އުޚްތާގެ ޚިޠްބާގެ މައްޗަށް ޚިޠްބާ ނުކުރެވޭނެ ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ނަމަވެސް، އެހެން އަންހެނަކު އެކަމަށް އެދިފައިވާކަން ނޭނގޭނަމަ އެއީ ކުށެއް ނޫނެވެ. ކުށަކަށްވަނީ އެހެން އަންހެނަކާ ޚިޠްބާވެފައިވާކަން އެނގިހުރެ ޚިޠްބާ ކުރުމަށް އެދުމުންނެވެ. މީގެ ޞޫރަތަކީ: އަންހެނަކު ފިރިހެނެއްގެ ކިބައިން ކައިވެންޏަށް އެދި ފިރިހެން މީހާ އެކަމާ ރުހި ގަބޫލުވެފައި ވަނިކޮށް އެހެން އަންހެނަކު އޭނާގެ ގާތުން ކައިވެންޏަށް އެދުމެވެ. މި ޙާލަތުގައި މައްސަލަ ޖެހޭނީ ފިރިހެން މީހާ އެތަނުން އެކަކާ ކައިވެނި ކުރުމަށް ނިންމައިފިނަމަ އެވެ. ނަމަވެސް ދެމީހުންނާ އެކުގައި ކައިވެނި ކުރުމަށް ނިންމައިފިނަމަ މައްސަލަ އެއް ނެތެވެ.
(ފަތްޙުލް ބާރީ 9/108.) 
ކޮންމެއަކަސް ކައިވެންޏަކީ އަރާމާއި ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ. އެއީ ދުނިޔޭގެ އެންމެ މަތީ އުފާވެރި ކަމެވެ. އަދި މާތް ﷲ ގެ ގުދްރަތްތެރިކަމުގެ ދަލީލުތަކުގެ ތެރެއިންވާކަމެކެވެ. މާތް ﷲ ރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. 
((وَمِنْاٰيٰتِهاَنْخَلَقَلَكُمْمِّنْاَنْفُسِكُمْاَزْوَاجًالِّتَسْكُنُوْۤااِلَيْهَاوَجَعَلَبَيْنَكُمْمَّوَدَّةًوَّرَحْمَةًؕاِنَّفِىْذٰلِكَلَاٰيٰتٍلِّقَوْمٍيَّتَفَكَّرُوْنَ))‏الروم: ٢١  
މާނައަކީ: "ތިޔަބައިމީހުން އާދަމްގެފާނުގެ ޖިންސުން ޙައްވާގެފާނުގެ ޖިންސު އުފައްދަވައި، އެދެމެދުގައި ހިތްހަމަޖެހުމަށް ރަޙްމަތާއި، ގުޅުން ލެއްވުން، އެއީ، އެކަލާންގެ ކުޅަދުންވަންތަކަމުގެ ދަލީލުތަކުގެ ތެރެއިންވާކަމެކެވެ. ހަމަކަށަވަރުން އެއީ، ވިސްނާމީހުންނަށް ހުރި ހެކިތަކެކެވެ." 
ދީންވެރި ކަމުގެ ގޮތުން އެއްވަރުގެ ދެކުދިން ކައިވެންޏަށް އެދިއްޖެނަމަ، ކުޅަދާނަކަން ހުރިނަމަ ދެކުދިންނާއި އެއްކޮށް ކައިވެނި ކުރާށެވެ. އެއްވެސް ކުއްޖަކު ދޫކޮށް ނުލާށެވެ. ތިޔައޮތީ މާވަހަރަށް ވުރެ އަގުބޮޑު އެއްޗެއް އަޚާ އަށް ލިބިފައެވެ. ނަމަވެސް ދެކުދިން އެއްފަހަރާ ގެންގުޅުމުގެ ކުޅަދާނަކަން އަޚާގެ ކިބައިގާ ނެތްނަމަ ފުރަތަމަ ހުށަހެޅި ކުއްޖާ އަށް އިސްކަން ދޭށެވެ. މާތް ﷲ އަޅުގަޑަށާއި އަޚާ އަށް ހެޔޮގޮތް މެދުވެރި ކޮށްދެއްވާށިއެވެ. އާމީން. والله أعلم. 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ