ގިނަ އަދަދެއްގެ ބޭސްތަކެއް ގެންނަން އުޅުނު ދެ ދިވެހިން ކޮޗިން އެއާޕޯޓުން ހުއްޓުވައިފި

ގިނަ އަދަދެއްގެ ބޭސްތަކެއް ރާއްޖެ އަށް ގެންނަން މަސައްކަތް ކުރި ދެ ދިވެއްސަކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ހުއްޓުވައިފި އެވެ.ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުގެ ކަސްޓަމްސް އާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި، އެ ދެ މީހުން ހިފަހައްޓާފައިވަނީ، ލަގެޖު ބަލައި ފާސްކުރި އިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބޭސް ފެނިފައިވާތީ އެވެ.އަދި އެ ބޭސްތައް އެކްސްޕޯޓުކުރަން ބޭނުންވާ ލިޔުންތަކާއި ހުއްދަތައް ވެސް އެ މީހުންގެ އަތުގައި ނެތް ކަމަށް ބުނެފައިވެ އެވެ. ކަސްޓަމްސްއިން ބުނީ އެ ބޭސްތައް ހިފެހެއްޓުމަށްފަހު، އެ ދެ ދިވެހިން ދޫކޮށްލައި، ރާއްޖެއަށް އައުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިމިވަނީ، ސަރުކާރުން އާސަންދައިގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން، ރާއްޖޭގައި ބޭސް ލިބުން ތާށިވެފައިވާ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ