ސްޓާާފް ސާޖަންޓް އަލީ ނަޝީދު ނިޔާވެއްޖެ

ކެންސަރަށް ފަރުވާ ހޯދަމުންދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ހިދުމަތުގައި 30 އަހަރަށް ވުރެ ވިނަ ދުވަހު ހިދުމަތްކުރެއްވި އެމްއެންޑީއެފް ކޯސްޓްގާޑްގެ ސްޓާފް ސާޖަންޓް ޢަލީ ނަޝީދު (ސނ: 2324) ސިނކުޑީގައި ޓިއުމަރެއް އުފެދި، ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވީ އައިޗީއެމް ހޮސްޕިޓަލްގައި މިރޭގެ ވަގުތެއްގައި ކަމަށެވެ.
ސްޓާފް ސާޖަންޓް އަލީ ނަޝީދު ނިޔާވި އިރު، ސިފައިންގެ ހިދުމަތުގައި 30 އަހަރާއި، 8 މަހާއި، 19 ދުވަސް ވަނީ ހޭދަކުރައްވާފައެވެ.
ސްޓާފް ސާޖަންޓް  ނަޝީދު ނިޔާވި އިރު، ކެންސަރު ބައްޔަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަމުން ގެންދާތާ މިހާރު ތިން އަހަރު ވެއްޖެއެވެ.
ސްޓާފް ސާޖަންޓް ނަޝީދަކީ ކޯސްޓްގާޑުގެ މާލިމީންނާއި ނެވީންގެ އިރުޝާދާއެކު އެ ހިދުމަތުގައި ކުރިއަށް ދިޔަ ޒުވާނެކެވެ.
ސްޓާފް ސާޖަންޓް ނަޝީދު ނިޔާވި އިރު، އަނބިކަނބަލަކާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ