މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓަރު ޖެނެރަލް ގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ. އެ މަގާމަށް ހަމަޖައްސާފައިވަނީ އަހްމަދު މައުސޫމް އެވެ.
މައުސޫމް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
ތެލެސީމިއާ ސެންޓަރަށް ޑީޖީއެއް ހަމަޖައްސާފައި މިވަނީ އެތަނުގެ ހިދުމަތްތަކާ މެދު ތެލެސީމިއާ ކުދީންނާއި މީހުންގެ ކަންބޮޑުވުން ފާޅުކުރުމުން ރައީސް މުއިއްޒު އެ ސެންޓަރަށް އިއްޔެ ކުރެެއްވި ޒިޔާރަތުގައި ޑީޖޭއެއް ނެތް މައްސަލަ އާއިލާތަކުން ފާހަގަ ކޮށްފައި ވަނިކޮށެވެ.
Advertisement
ހެލްތް މިނިސްޓްރީން މިއަދު ބުނީ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަކާއި ޑިރެކްޓަރުގެ މަގާމަށް ވެސް ދެ ބޭފުޅަކު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.
ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެ ކަމަށާ އެތަނަށް މިވަގުތަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށް ވެސް މިއަދު އިއުލާނު ކޮށްފައިވާ ކަމަށް ބުންޏެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ހައްލުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.
އަދި ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމަވާފަ އެވެ.
ތެލެސީމިއާ ސެންޓަރަށް ޑީޖީ އެއް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ