ފިރިމީހާއަށް ބުނެވުނު ބަހަކުން ވަރިވެއްޖެކަމަށް ޢިލްމްވެރިއެއްގެ އަރިހުން ޔަޤީން ނުކޮށް ޝައިޠޯނާ ދޭ ވަސްވާސްތަކަށް ނުހެއްލޭތި!

ޝައިޠޯނާ އެންމެ އުފާކުރާ ކަމަކީ ކައިވެނި ރޫޅުމެވެ. ވީމާ ވަރީގެ ވާހަކައެއް ބުނެވޭއިރަށް، އެއީ އެބަހެއް ބުނުމުން ވަރިނުވާނެ ބަހެއް ނަމަވެސް، އެހިސާބުން ވަރިވެއްޖެކަމަށް ވިސްނައިދޭން ޝައިޠޯނާ މަސައްކަތްކުރާނެއެވެ. ކައިވެނި ރޫޅުމުގައި މިއީ ވަރަށް ގިނައިން ކުރިމަތިވާ މައްސަލައެކެވެ.  
ބައެއް ފަހަރު ދެމަފިރިންގެ މެދުގައި ހިތްހަމަނުޖެހުން އުފެދިގެން ދެކެވޭ ވާހަކަތަކުގައި ބުނެވޭ ބަސްތަކާއި ގުޅިގެން ވަރިވެއްޖެކަމަށް ވަރަށް ފަސޭހައިން އެބަ ކަނޑައަޅައެވެ. ނަމަވެސް އެކަން ކަނޑައަޅަންޖެހޭނީ ޢިލްމުވެރިންގެ އަރިއަހުން އެކަން ޔަޤީންކުރުމަށްފަހުގައެވެ. އެކަން ޔަޤީންނުކޮށް ކުރެވޭ ކަންކަމުގެ ސަބަބުން ކައިވެނިރޫޅޭތަންވެސް އައުދެއެވެ. ވީމާ މިއީ ދެމަފިރިންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.  
މިޙާލަތުން ސަލާމަތްވެ ތިބުމަށް ކުރަން އޮތްކަމަކީ ކިތަންމެ ގަދައަށް ރުޅިއަޔަސް އަދި ސަމާސައަށްވެސް ވަރީގެ ވާހަކަ ނުދެއްކުމެވެ. ވަރިބަހަކަށްވެދާނެ ފަދަ ބަހެއްވެސް ދުލުން ނުބުނުމެވެ. ޝައިޠޯނާއަށް ފުރުޞަތު ނުލިބޭނީ އެއިރުންނެވެ.   
މިސާލަކަށްއަނބިމީހާއާޢި ދެމީހުން ކުރި ޒުވާބެއްގައި "މަވެސް ކޮންމެހެން އިންދެންއުޅޭކަށް ބޭނުމެއްނުވެޔޭ" ބުނީ އަނބިމާހާ ކޮޅު ދަށްކޮށްލުމުގެ ނިޔަތުގައި(އެވަގުތު ވަރިކުރުމުގެ ނިޔަތްނެތް) އެހެން ވެއްޖިއްޔާ ކައިވެނިރަނގަޅުވާނެތޯ؟ މިކަމުގެ ހުކުމަކީ ކޮބައިތޯ؟ 
ޞަރީޙަ ލަފްޡުން ވަރިކޮށްފީމޭ ނުބުނާހާ ހިނދަކު ފިރިމީހާގެ ނިޔަތަށް ބަލަންޖެހޭނެއެވެ. ސުވާލުގައިވާ ފަދައިން ވަރިކުރުމުގެ ނިޔަތެއް ނެތި ތިމަންނާވެސް އިނދެގެން އުޅޭކަށް ބޭނުމެއް ނުވެޔޭ ބުނުމަކުން ވަރިއެއް ނުވާނެއެވެ. واللهأعلم. 
- ސުވާލުގެ ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ