މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ މެންބަރުން ބަދަލުކުރަމުން ގެންދަނީ ޕާލިމެންޓަރީ ގްރޫޕުގެ އަދަދާއި، ކޮމިޓީތަކުގެ އަދަދާއި، މެންބަރުން ކޮމިޓީގެ ހާޒިރީއަށް ދެއްވާ އަހައްމިއްޔަތުކަމާއި، ކޮމިޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ބައެއް ކޮމިޓީތަކުގައި ޕީއެންސީގެ ފަރާތުން ތިއްބަވާ މެންބަރުން ބަދަލުކުރުމާ ގުޅިގެން ވާހަކަދައްކަވަމުން، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ފަލާހު ވިދާޅުވީ، މިއީ އާންމު އުސޫލެއްގެ ގޮތުން ކުރިންވެސް ޢަމަލުކުރަމުން އައި ގޮތް ކަމަށެވެ.
"17، 18، އަދި 19 ވަނަ މަޖިލީހުގައިވެސް އެކި ކޮމިޓީތަކަށް އެކި މެންބަރުން އެކި އިރު ބަދަލު ގެނައުމަކީ އާންމުކޮށް އެކަން ހިނގި އުސޫލު،" ފަލާހު ވިދާޅުވިއެވެ.
އަދި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައިވެސް މިފަދަ ބަދަލުތައް ގެނެވިފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ކޮމިޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތައް ގެންނަމުން ގެންދާނެ ކަމުގެ ޔަގީންކަން ފަލާހު ދެއްވިއެވެ.
ކޮމިޓީތަކުން މެންބަރުން ބަދަލުކުރަނީ ހާޒިރީއާއި މަސައްކަތަށް ދެއްވާ ސަމާލުކަމަށް ރިއާޔަތްކޮށްގެން: ފަލާހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ