މިއުނިކް (މެއި 5) - ބަޔާ ލެވަކޫސަން ކުޅުނު މެޗުން 2-2 އިން ފްރައިބާގާ އެއްވަރުގުމުން، ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ބަޔާން މިއުނިކަށް ކަށަވަރުވިއިރު، މިއީ، އެ ޓީމަށް ކުޅޭ އިނގިރޭސި ފޯވާޑް، ހެރީ ކޭންގެ ކެރިއަރުގައި މި ވީ 5000 ދުވަހަށް ފަހު ލިބިގެންދިޔަ ފުރަތަމަ ތަށްޓެވެ.
ޕްރޮފެޝަަނަލް ސީނިއާ ކެރިއަރު، 2010 ވަނަ އަހަރު ފެށި ކޭން އަށް ކުރިން އޭނާ ކުޅުނު އެއްވެސް ކްލަބެއްގައި އަދި ގައުމީ ޓީމުގައި ވެސް ތަށްޓެއް ލިބިފައިނުވެ އެވެ.
އެ ގޮތުން، ޓޮޓެންހަމްއާ އެކު، 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލް އަތުން ބަލިވިއިރު، އެންމެ ފަހުން ކުޅުނު ޔޫރޯ ފުޓްބޯޅައިގެ ދެ މުބާރާތުގެ ފައިނަލުން ވަނީ ބަލިވެފަ އެވެ.
މިދިޔަ ސީޒަނުގައި ޖަރުމަނުގެ ބަޔާނަށް ކޭން ބަދަލުވިއިރު، އެ ކްލަބުން މިދިޔަ 13 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ތަށްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުނެވެ. އެކަމަކު، މި ސީޒަނުގައި ބަޔާނުން ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ކުޅުން ރަނގަޅުކޮށް މި ވަނީ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދައި، ކޭންގެ ކެރިއަރުގެ ފުރަތަމަ ޓްރޮފީ ހާސިލްކޮށްފަ އެވެ.
ދެ މެޗު ބާކީ އޮއްވައި، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބުނީ، ދެ ވަނައިގައި އޮތް ފްރައިބާގަށް ލެވަކޫސަން ބަލިނުކުރެވުމުންނެވެ. ފްރައިބާގުން ވަނީ ފުރަތަމަ ހާފުގައި، މެކްސީ އެގެސްޓައިން ޖެހި ގޯލާއި ލެވަކޫސަންގެ ޕިއޭރޯ ހިންކަޕީ އަތުން ބައިކޮޅަށް ވަން ގޯލުން ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ލެވަކޫސަނުން އެއްވަރުކުރީ މެޗުގެ ފަހު ވަގުތުގަ އެވެ. އެ ގޮތުން އެ ޓީމުގެ ލަނޑުތައް ޖެހީ، ފްލޯރިއަން ވާޓްޒް އާއި ޖޮނަތަން ޓާ އެވެ.
5000 އަށް ވުރެ ގިނަ ދުވަސް ފަހުން ކޭން އަށް ތަށްޓެއް 5000 އަށް ވުރެ ގިނަ ދުވަސް ފަހުން ކޭން އަށް ތަށްޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ