އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑުގައި އުރީދޫ މޯލްޑިވްސްއަށް ދެ އެވޯޑެއް ލިބިއްޖެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑުގައި އުރީދޫ މޯލްޑިވްސްއަށް ދެ އެވޯޑެއް ލިބިއްޖެ

މި އަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގައި އުރީދޫ މޯލްޑިވްސްއަށް ދެ އެވޯޑެއް ލިބިއްޖެ އެވެ.
އެ އެވޯޑުތައް ލިބުނީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ޒަމާނީ އަދި އީޖާދީ ޓެކްނޮލޮޖީތަކާއި ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލް މާހައުލު އަލުން ބައްޓަން ކުރުމުގައި އުރީދޫ މޯލްޑިވްސްގެ ދައުރު ފާހަގަކޮށެވެ.
މިގޮތުން އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީޒްގެ ޝަރަފުވެރި ގޯލްޑް ސްޓީވީ އެވޯޑާއި އިނޮވޭޓިވް އެޗީވްމަންޓް އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ސިލްވާ ސްޓީވީ އެވޯޑް އެއާ އެމްބިއުލާންސް އިނީޝިއޭޓިވްއަށް އުރީދޫއަށް ލިބުނެވެ.
ރާއްޖޭގައި މި އަހަރު އަލަށް ފެށުނު އެއާ އެމްބިއުލާންސް ހިދުމަތަށް ބޭނުންވާ 16 މިލިއަން ރުފިޔަގެ ހާއްސަ އިކުއިޕްމަންޓް އުރީދޫއިން ސަރުކާރަށް ހަދިޔާ ކުރި އެވެ.
އުރީދޫއިން ބުނީ ޓެކްނޮލޮޖީގެ ކުރިއެރުމާއި، އިޖްތިމާއީ ޒިންމާއަދާ ކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް، ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.
"މި އެވޯޑްތަކަކީ އަޅުގަނޑުމެންގެ މުޅި ޓީމްގެ މަސައްކަތް ރަމްޒުކޮށްދޭ އަދި ވިސްނުންތެރިކަމާއެކު އިނޮވޭޓްކޮށް، އަޅުގަނޑުމެންގެ މުޖުތަމަޢުތަކަށް ފައިދާވާނެ ކަންކަން އިސްކުރުމުން އަޅުގަނޑުމެންނަށް ހާސިލުކުރެވިދާނެ ކަންކަން ހަނދާން އާކޮށްދޭ އެވޯޑެކެއް،" އުރީދޫއިން ބުންޏެވެ.
އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ 29 ގައުމެއްގައި މަސައްކަތުގެ މާހައުލުގައި އިނޮވޭޝަން ބަލައިގަންނަ ހަމައެކަނި ބިޒްނަސް އެވޯޑްސް އިނީޝިއޭޓިވް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ