އިސްލާމީ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ރައީސް ގޮވާލައްވައިިފި

އިސްލާމީ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޓާނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގައި މިއަދު ތަގުރީރު ކުރައްވަމުންނެވެ.
އައިއައިޔޫއެމް ގެ ފަރާތުން "އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން އެމަނިކުފާނަށް އެރުވި، ޑޮކްޓާ އޮފް ފިލޯސަފީގެ އޮނަރަރީ ޑިގް ރީއާ ހަވާލުވެވަޑައިގަތުމަށް ފަހު ތަގުރީރު ކުރައްވަމުން އެ މަނިކުފާނު ވަނީ އިސްލާމީ ހަޟާރަތުގެ ރަންޒަމާން އަލުން ގެނައުމަށް ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.
Advertisement
އެގޮތުން އެއް ގައުމަށް ވުރެ ގިނަ ގައުމުން ބައިވެރިވާ ރިސާޗް ހަބްތަކާއި، އިނޮވޭޝަން އިންކިއުބޭޓަރތަކާއި، ބައިވެރިވުން އޮންނަ އެފަދަ އެނޫންވެސް މަންސަތައް ގާއިމުވެފައި ހުރުން މުހިންމު ކަމުގައި ވިދާޅުވި އެވެ. އެގޮތުން، ސައިންސާއި، ދެމެހެއްޓެނިވި އުސޫލުތަކާއި، އަހްލާގިއްޔަތާމެދު ބައިނަލްއަގްވާމީ ފެންވަރެއްގައި ސިޔާސަތުތައް ބައްޓަން ކުރެވޭނޭ ފަދަ މަޝްވަރާތައް އުފަންކުރުމުގައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިސްނެންގެވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އިސްލާމީ ހަޟާރަތުގެ ރަން ޒަމާނުގެ ގޮތުގައި ސިފަކުރެވޭ އަށްވަނަ ގަރުނާއި ސާދަވަނަ ގަރުނާ ދެމެދުގެ ދުވަސްވަރު، ބައިނަލްއަގްވާމީ އުފެއްދުންތެރިކަމާއި އިލްމުގައި ނަގާކިޔާފައި ވަނީ އިސްލާމީ ހަޟާރާތުން ކަން އެމަނިކުފާނު ހަނދާން ކޮށްދެއްވި އެވެ. އަދި އޭރު، އިލްމު އުނގެނުމަކީ މުގައްދަސް ޒިންމާއެއް ކަމަށް ދެކިގެން، އެކަމަށް ބާރުދޭ މިސްކިތްތަކާއި، ކުތުބުހާނާތަކާއި ހަސްފަތާލުތަކާއި ޔުނިވާސިޓީތަކުގެ ވިއުގަތައް ގައިމުކޮށްފައި ހުރިކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ