އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓްގައި ކެންޑިޑޭޓުން މަންދޫބުން ސޮއިކޮށްފި އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ.
އީސީން ބުނީ ސޮއި ކުރުމުގެ މުއްދަތު ހަމަވި އިރު ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ވެސް ސޮއިކޮށްފައިވާ ކަމަށާއި ވޯޓް ދިނުގެމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގަ އާއި މ. ރަތްމަންދޫ ކައުންސިލުންނާއި ވޭވަށު ކައުންސިލުންނާއި މަޑުއްވަރީ ކައުންސިލުންނާއި މުލީ ކައުންސިލުންނާއި ދިއްގަރު ކައުންސިލުގައި މިއަދު އާންމުކޮށްފައިވާނެ ކަމަށެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓާސް ލިޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ