މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި ވޯޓުލުން މިއަދު ހަވީރު 4:00 އަށް ކުރިއަށް ދާނެއެވެ.
މިހާރު ވޯޓުލުން ފަށާފައިވާއިރު، މާލެ އާއި ދިއްގަރު ގެ އިތުރުން، އެ އަތޮޅު މަޑުއްވަރި، ރަތްމަންދޫ، ވޭވަށް އަދި މުލީގައިވެސް ވޯޓުލުން ކުރިއަށް ދާނެއެވެ.
އެގޮތުން މާލޭ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ފޮށްޓަށް ވޯޓުލުމަށް 573 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، ދިއްގަރުގައި ވޯޓުލުމަަށް ރަޖިސްޓްރީ ކޮށްފައިވަނީ 823 މީހުންނެވެ. މުލީގައި ވޯޓުލުމަށް 574 މީހުން ރެޖިސްޓްރީ ކޮށްފައިވާއިރު މަޑުއްވަރީގައި ރަޖިސްޓްރީ ކޮށްފައިވަނީ 303 މީހުންނެވެ. ވޭވަށުގައި 170 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، ރަތްމަންދޫގައި ރަޖިސްޓްރީ ކޮށްފައި ވަނީ 112 މީހުންނެވެ.
މި ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައި ވަނީ 2،555 މީހުންނެވެ.
ވޯޓުލުން ނިންމައި، ވޯޓު ގުނަން ފަށާނީ ވޯޓު ލުން ނިމޭތާ 30 މިނެޓް ފަހުންނެވެ.
އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް، މާލެ އާއި ދިއްގަރު ދާއިރާގައި ވޯޓު ފޮށި ބަހައްޓާއިރު، އެ ފޮށްޓެއްގެ ވަގުތީ ނަތީޖާ އިޢުލާންކުރާނީ ވޯޓު ފޮށްޓެއް ހުރި މަރުކަޒަކުންނެވެ.
ނަމަވެސް އެހެން އިންތިޚާބުތަކާ ޚިލާފަށް މިފަހަރު ވަގުތީ ނަތީޖާ އިއުލާން ކުރާނީ ދިއްގަރުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދިއްގަރުގައި އޢުލާންކުރަން ނިންމީ ކޮމިޝަންގެ މެމްބަރުންގެ އިއްތިފާޤުން ކަމަށާއި، އަދި މި ބައި-އިލެކްޝަނަށް ދިއްގަރަށް އެ ކޮމިޝަނުގެ 3 މެމްބަރުން ވަޑައިގަންނަވާނެ ކަމަށެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ހަތަރު ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން އަހުމަދު ފާރިިސް މަޢުމޫނާއި އިދިކޮޅު އެމްޑީޕީގެ އަހުމަދު ރާޒީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ބޭފުޅުން ކަމަށްވާ މޫސާ ނަސީރު އަހުމަދު އަދި ޝަމީމް އަލީ އެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ޙުކުމްކުރުުމުންނެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ލުން ފެށިގެން ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ