"ހަވީރު" ގެ ނޫސްވެރިންނާ ދެކޮޅަށް ކުރި ހުކުމަށް ފާޑު

ހަވީރު ގެ ނަމުގައި ކުރިއަށް ގެންދިޔަ ނޫހުގައި މަސައްކަތްކުރި އެއްވެސް ނޫސްވެރިޔަކަށް ދެ އަހަރު ވަންދެން އިތުރު މީޑިޔާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް އަންގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމަށް އިދިކޮޅު އިއްތިހާދުން ކުށްވެރިކޮށް ފާޑުކިޔައިފި އެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުގެ ނަމުގައި ކުރިއަށް ގެންދާ އިދިކޮޅު އިއްތިހާދުގެ ސްޕޯކްސްޕާސަން އަހުމަދު މަހުލޫފު ނޫސްވެރިންނާއި މައުލޫމާތުދެމުން އެހުކުމަކީ ގާނޫނާއި ހިލާފަށް ސިވިލް ކޯޓުން އިއްވާފައިވާ ހުކުމެއް ކަމުގައި ބުނެފައިވެއެވެ.
މަހުލޫފު ބުނެފައިވަނީ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އޭގެ މަގުސަދަކީ ސަރުކާރުގައި ހުރި ކޮރޮޕްޝަނުގެ ވާހަކަތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ހުއްޓުވުމެވެ.
ހަވީރު ނޫހުގެ އިސްވެރިންގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ނޫސް ހުއްޓާލުމަށް ހުކުމް ކޮށް، ހަވީރުގެ އޮންލައިން މީޑިޔާވެސް ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން އެނޫހުގައި މަސައްކަތްކުރި ނޫސްވެރިން ވަނީ 'މިހާރު' ގެ ނަމުގައި އާ ނޫހެއް އުފައްދައި އޭގައި ރައްޔިތުންނަށް ޚަބަރުތައް ގެނެސްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ