މައުމޫން ހުންނެވި ކޮންމެ ތަނެއްގައި އުންމީދެއް އޮންނާނެ – އުމަރު

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ހުންނެވި ކޮންމެ ތަނެއްގައި ވެސް އުންމީދެއް އޮންނާނެ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.
އިއްޔެ ރައީސް މައުމޫން އެކުލަވާލެއްވި ޕީޕީއެމްގެ މަޝްވަރާ މަޖިލީހުގައި ވެސް ހިމެނިވަޑައިގަންނަވާ އުމަރަކީ މިހާރު ޕީޕީއެމްގެ ތެރޭގައި އުފެެދިފައިވާ ޚިޔާލު ތަފާތުވުން ތަކުގެ ތެރޭގައި ރައީސް މައުމޫނަށް ތާއިދު ކުރައްވާ މަދު ސީނިއާ ބޭފުޅުންގެ ތެރެއިން އެއްބޭފުޅެކެވެ.
ޓްއަރިޒަމް ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ޚިޔާލުތަފާތުންތައް އުފެދުނު އިރު އުމަރު ވަނީ ޓްއަރިޒަމް ޤާނޫނު އިސްލާހް ކުރުމާއި މައުމޫން ދެކޮޅު ހެއްދެވުމުން މައުމޫނުގެ ވިސްނުންފުޅަށް ތާއިދު ކުރައްވާފައެވެ.
މައުމޫން ހުންނެވި ތަނެއްގައި އުންމީދެއް އޮންނާނެ ކަމަށް އުމަރު މިއަދު ވިދާޅުވިއިރު އޭނާ ރޭ ވަނީ ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް ބިންހެލުމެއް އަންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ