މެމްބަރު އަބުޅޯ އާއި އަމީތު ހައްޔަރުކޮށްފި

އިދިކޮޅު ފަރާތްތަކުން މިއަދު އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި މުޒާހަރާ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތު އާއިތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހައްޔަރުކޮށްފި އެވެ.
އަމީތު އާއި އަބުޅޯ ހައްޔަރު ކޮށްފައިވަނީ މަޖީދީ މަގުންނެވެ. މީގެ އިތުރުންވެސް އިދިކޮޅު ހަރަކާތްތަކުގައި އިސް ކޮށް ހަރަކާތްތެރިވަމުން އަންނަ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އާއި ގާތްގުޅުމެއް އޮންނަ ސްޓެޕް އައްޔަ ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
އަބުޅޯ އާއި އަމީތު ހައްޔަރުކުރި އިރު ރޭ ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފު ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ