ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބައްލަވަމުން ގެންދަވާ މައްސަލައެއްގައި ހުކުމް ކުރުމަށް އެ ކޯޓަށް ނުފޫޒު ފޯރުވައިދިނުމަށް އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ނަޝީދު މިހެން އެދިވަޑައިގެންފައި ވަނީ ޓްވިޓަރ މެދުވެރިކޮށެވެ.
އާއްމު ގޮތެއްގައި ގާނޫނާއި ޚިލާފް ކަންތައް ކުރެއްވުމަށް ހިތްވަރު ދެއްވުމަށް ނަޝީދު ކުރައްވާ ހުރިހާ ޓްވީޓެއް ވެސް ކުރައްވަނީ (ލެޓިން އަކުރު ބޭނުންކޮށްގެން) ދިވެހިންނެވެ.
އެގޮތުން މިފަހަރު ވެސް ނަޝީދު ޓްވީޓް ކުރެއްވީ އެގޮތަށެވެ. ނަޝީދު ގާނޫނާއި ޚިލާފް ކަންތަކަށް ގޮވާލާ ޓްވީޓްތައް އިނގިރޭސި ބަހުން ނުކުރައްވަނީ ބޭރުގެ ފަރާތްތަކަށް އެބޭފުޅާގެ އަސްލު ސިފަފުޅު ހާމަވެގެން ހިނގައިދާނެތީއެވެ.
ނަޝީދު ސިފައިންގެ ކިބައިން ސުޕްރީމް ކޯޓަށް ނުފޫޒު ފޯޜުވުމަށް އެދިވަޑައިގެންފައި ވާއިރު އެމަނިކުފާނުގެ ވެރިކަމުގައި ސިފައިން ލައްވައި ސުޕްރީމް ކޯޓުގައި ތަޅު އަޅުވައި ކޯޓެއްގެ ފަނޑިޔާރަކު ރަހީނު ކުރުމަށް ވެސް އަމުރުކުރައްވާފައި ވެއެވެ.
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ސިފައިންނަށް ނަޝީދު ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ