ސުޕްރީމް ކޯޓުގެ އަމުރަށް އެމެރިކާ އިން މަރުހަބާ ކިޔައިފި

ސިޔާސީ ހުރިހާ ލީޑަރުން މިނިވަންކުރުމަށް ގޮވާލާ ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރަށް އެމެރިކާ އިން މަރުހަބާ ކިޔައިފިއެވެ.
އެމެރިކާ އިން ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ހުރިހާ ލީޑަރުން މިނިވަން ކުރުމަށް ގޮވާޅާ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް މަރުހަބާ ކިޔާ ކަމަށާއި، އެ ލީޑަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހައްގުތަށް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.
އެގޮތުން ކެޝަޕް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރު ވަގުތުން ތަންފީޒުކުރުމަށް މުއައްސަސާތަކަށް ގޮވާލާ ކަމަށާއި، ސުޕްރީމް ކޯޓުގެ އަމުރާއެކު ރާއްޖޭގައި ޑިމޮކްރަސީ ގެނެސް ގާނޫނީ ބާރުވެރިކަން ކަށަވަރުކޮށްދޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރާއެކު ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކު އުފާފާޅުކުރަމުންދާއިރު، ބައިނަލްއަގުވާމީ ފަރާތްތަކުގެ ލޯވެސް ވަނީ ރާއްޖެއަށް އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ