އިންތިހާބަކަށް ދާނީ އަބްދުﷲ ޔާމީން ހުއްޓުވާފައި: އަލީ ހުސެއިން

އަބްދުﷲ ޔާމީނާ އެކުގައި އިންތިހާބެއްގެ ވާހަކަ ދެއްކެން ނެތް ކަމަށާއި، އިންތިހާބަކަށް ދާނީ އަބްދުﷲ ޔާމީން ހުއްޓުވުމަށް ފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ. 
"ހުއްޓުވާ" ނަމުގައި ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސަގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ އަބްދުﷲ ޔާމީނާ އެކުގައި އިންތިހާބެއްގެ ވާހަކަ ދެއްކެން ނެތް ކަމަށެވެ. އަދި އިންތިހާބަކީ މިނިވަން އިންތިހާބަކަށް ވަނީ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަވުމުން ކަމަށާއި، އެކަންކަން ފުރިހަމަ ނުވާ ކަމުގައި ވާނަމަ އެއީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އެގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ބަސްބުނުމުގެ މިނިވަންކަން ލިބެންޖެހޭނެ ކަމަށާއި، ހަމަހަމަކަމާ އެކު ކެމްޕޭން ކުރުމުގެ ފުރުސަތު ވެސް ލިބެންޖެހޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. 
އަލީ ހުސެއިން ވިދާޅުވީ އަބްދުﷲ ޔާމީން އެއިން އެއް ކަމަކަށް ވެސް ފުރުސަތު ނުދޭއިރު، އަބްދުﷲ ޔާމީނާ އެކުގައި އިންތިހާބަކަށް ދެވެން ނެތް ކަމަށެވެ. އަދި އިންތިހާބަކަށް ދަނީ އަބްދުﷲ ޔާމީން "ހުއްޓުވުމަށް" ފަހުގައި ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. 
"ހިޔާލުފާޅުނުކުރެވޭ ގޮތަށް، އެއްވެ ނޫޅެވޭ ގޮތަށް، ކެމްޕޭން ނުކުރެވޭ ގޮތަށް، މަގު މައްޗަށް ނިކުތީމައި ޖަލަށްލެވޭ ގޮތަށް އަޅުގަނޑުމެން ބައިިވެރިވާނެ އިންތިހާބެއް އޮންނާނެ ކަމަށް ހަމަޤައިމު ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑުމެން ކެމްޕޭނަށް ދާނީ، އަޅުގަނޑުމެން އިންތިހާބަށް ދާނީ އަބްދުﷲ ޔާމީން ހުއްޓުވާފައި،" އަލީ ހުސެއިން ވިދާޅުވި އެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ