ދުވާލަކު 18 ގަޑިއިރަށް ޝޫޓިން ޖައްސަން: އަރުޖުން ކަޕޫރު

ދުވާލަކު 18 ގަޑިއިރު ޝޫޓް ޖައްސަމުންދާ ކަމަށް ސްރީދޭވީގެ ދޮންދަރި އަދި ބޮލީވުޑްގެ އެކްޓަރ އަރްޖުން ކަޕޫރު ބުނެފިއެވެ.
އަރުޖުން ޝޫޓް ކުރަމުންދަނީ މެދުކަނޑާލާފައި އޮތް "ނަމަސްތޭ އިންގްލޭންޑް"ގެ ޝޫޓިންއެވެ.
"ނަމަސްތޭ އިންގްލޭންޑް"ގެ ޝޫޓިން މަޑުޖައްސާލީ ސްރީދޭވީގެ މަރާ ގުޅިގެންނެވެ. ސްރީދޭވީގެ ކުއްލި މަރާ ގުޅިގެން އަރުޖުން ކަޕޫރުގެ ބައްޕަ، ބޮނީގެ ގެއަށް އަރުޖުންގެ ދިރިއުޅުން ވަނީ ބަދަލުކޮށްފައެވެ.
ސްރީދޭވީގެ މަރާ ގުޅިގެން އެފިލްމުގެ ޝޫޓިން މެދުކަނޑާލީ 7 ދުވަހުގެ ޗުއްޓީއެއް ނެގުމަށް ފަހުގައެވެ. ޚަބަރުތައް ބުނާ ގޮތުގައި 18 ގަޑިއިރަށް އަރުޖުން ޝޫޓިން ކުރިއަށް ގެންދަނީ އެދުވަސްތަކުގެ ޝޫޓިންތައް ފޫބެއްދުމަށެވެ. މިދިޔަ އަހަރު އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ޝްރައްދާ ކަޕޫރާ އެކު ފެނިގެންދިޔަ "ހާފް ގާލްފްރެންޑް" ހިމެނެއެވެ.
"ހާފް ގާލްފްރެންޑް" އަށް ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް އަރުޖުން މީގެ ކުރިން ބުނެފައި ވަނީ އޭނާ ގަބޫލުކުރާ ގޮތުގައި އޯޑިއެންސަކީ ފިލްމެއް ކުރިއަރައިގެން ދިއުމުގައި އެންމެ މުހިއްމު ރޯލްއަދާކުރާ ބަޔަކަށް ވާއިރު މަދު ކްރިޓިކުން ކިޔާ އެއްޗަކީ މުހިއްމު އެއްޗެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ