ޙައްޖަށް ދިއުމަށްޓަކައި މަލީޝާއަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން ޕޮލިހަށް އެމަޢުލޫމާތު ދެއްވުމަށް އިލްތިމާސްކޮށްފި

ފޮޓޯ: މަރިޔަމް ޝިއުނާ ރަޝީދުޙައްޖަށް ދިއުމަށްޓަކައި މަލީޝާއަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން ޕޮލިހަށް އެމަޢުލޫމާތު ދެއްވުމަށް އިލްތިމާސްކޮށްފިއެވެ.މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ވާގޮތުގައި “މި މައްސަލައިގެ ފުރިހަމަ ތަޙްޤީގެއް ހިންގުމަށްޓަކައި މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްއަށް މިއަހަރު ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ހުރިހާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރަން ބޭނުންވާ”ކަމަށާއި އެހެންކަމުން “1433 ވަނަ އަހަރު ޙައްޖަށް ދިއުމަށްޓަކައި މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްއަށް ފައިސާ ދައްކާފައިވާ އެންމެހާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެމަޢުލޫމާތު ދެއްވުމަށް އިލްތިމާސްކުރާ”ކަމަށެވެ. ޕޮލިހުން ވަނީ އެމައުލޫމާތު ދިނުމަށް ގުޅާނެ ނަންބަރެއްވެސް އާންމުކޮށްފައެވެ. “މޯލްޑިވްސް ޕޮލިސް ސަރވިސްގެ 3322111 ނުވަތަ 9790048 މި ނަންބަރުތަކަށް” މިމައްސަލައާއި ބެހޭ މައުލޫމާތު ދިނުމަށް ގުޅުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.ފުލުހުންގެ ބަޔާނުގައި ވާ ގޮތުގައި “1433 ވަނަ އަހަރު ޙައްޖަށް ގެންގޮސްދޭނެކަމަށް ބުނެ މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްގެ ފަރާތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާކަމަށް ހުށަހެޅިފައިވާ މައްސަލައެއް މިސަރވިސްއިން ތަޙްޤީޤު ކުރަމުން ގެންދާ ކަމށާއި މި މައްސަލަ މިސަރވިސްއިން ބެލިބެލުމުން މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްއިން މިއަހަރު ޙައްޖަށް ގެންގޮސްދޭނެކަމަށް ބުނެ ވަރަށް ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގާފައިވާކަން ފާހަގަ ކުރެވިފައިވާ” ކަމަށެވެ. ޕޮލިހުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ބެލިބެލުމުން “މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްއަށް 52 ފަރާތަކުން ފައިސާ ދައްކާފައިވާކަމަށް ބުނެ ޕޮލިހަށް ޝަކުވާ ހުށައަޅާފައިވާ”ކަމަށެވެ.މަލީޝާ ހައްޖު އެންޑް އުމްރާ ސާރވިސަސްގެ އިސްފަރާތް މިހާރު ވަނީ ރާއްޖޭން ބޭރުގައިކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ