މެމްބަރު އާޒިމް މަސްތުުވާތަކެއްޗައް ޕޮސިޓިވްވި: ފުލުހުން

ރޭ އެމްޑިޕީ އަދި ޖޭޕީން ކުރި މުޒާހަރާގައި ހައްޔަރުކުރި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވީ އާޒިމް ހައްޔަރުކުރުމަށްފަހު މަސްތުވާތަކެއްޗައް ޓެސްޓް ކުރުމުން އެއަށް ޕޮސިޓިވްވި ކަމަށެވެ.
މީގެ ކުރިން މީޑިއާގައި މިފަދަ ވާހަކަތަކެއް ފެތުރުމުން އާޒިމްގެ ވަކީލު ވަނީ އެކަން ދޮގުކުރައްވާފައި އެވެ. އަދި މިއަދުގެ މުއްދަތު މަޖިލީހުގައި އެވާހަކަ ފުލުހުންވެސް ދައްކާފައި ނުވާކަން ފާހަގަ ކުރެއްވި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އާޒިމްގެ ބަންދަށް 10 ދުވަސް ޖަހާދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ