އިޒްރޭލުގެ އަނިޔާވެރި ހަަމލާތަކުގައި ޝަހީދުވެފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 1000 މީހެއްގެ ޢާއިލީ އެންމެ ގާތް މީހުންނަށް ސައުދީ ރަސްގެފާނުގެ މެހްމާނުންގެ ގޮތުގައި ޙައްޖުވުމުގެ ފުރުޞަތު ސަލްމާން ރަސްގެފާނު ދެއްވައިފިއެވެ.
މިކަމާއި ގުޅިގެން ފަލަސްޠީނުން ވަނީ މިއީ ވަރަށް އަގު ބޮޑު ހަދިޔާއެއް ކަމަށް ބުނެ ސަލްމާން ރަސްގެފާނަށް ޝުކުރު އަދާކޮށްފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދަނީވެސް ސައުދިއަރަބިޔާއިންނެވެ. ފަލަސްޠީނުގެ ސަރުކާރު ހިންގަން ފަލަސްޠީނަށް ދެމުން އަންނަ މާލީ އެހީ ވެސް ވަނީ ދާދިފަހުން އިތުރުކޮށް މަހަކު 20 މިލިއަން ޑޮލަރު ކަަމަށް ހަމަޖައްސައިފައެވެ.
ސައުދިއަަރަބިޔާއިން އަދިވެސް ހަމާސް ޖަމާއަތާއިމެދު ދެކެނީ އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. އެހެންކަމުން ހަމާސް ޖަމާއަތާއިއެކު ސައުދީ ސަރުކާރުން އެއްވެސް ރަސްމީ ގުޅުމެއް ނުބާއްވާކަން ފާހަގެ ކުރެވެއެވެ.
އުމުރާއަށް ވަޑައިގަންނަވާ އިސްލާމީ އިސްްވެރިންނަށް ސައުދީ ސަރުކާރުން އަދާކުރާ މެހްމާންދާރީ ހަމާސްގެ ވެރިންނަށް އަދާނުކުރާތީ ދާދިފަހުން އެކަން ވަނީ މީޑިއާތަކުގައި ހާމަކޮށްފައެވެެ.
ޝަހީދު ވެފައިވާ 1000 ފަލަސްޠީނު މީހުންގެ އާއިލީންނަށް ހައްޖުވުމަށް ސަލްމާން ރަސްގެފާނު ދައުވަތު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ