އެޗްއައިވީ ލޭ އެޅި މައްސަލައިގައި ދައުވާ ކުރެވޭ ޓެކްނީޝަންގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އައިޖީއެމްއެޗް ހޮސްޕިޓަލުގައި އޮތް މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުމުގައި އިހްމާލުވި ކަމަށް ތުހުމަތު ކުރެވޭ އިންޑިއާގެ ލެބް ޓެކްނީޝަންގެ މައްޗަަށް ކްރިމިނަލް ކޯޓުގައި ކޮށްފައިވާ ދަޢުވާގެ ޝަރީޢަތް ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނެ، އެދަޢުވާ ކޯޓުން ބޭރުކޮށްލައިފިއެވެ.
އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދިޔަ އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުނުކަން ހެލްތް މިނިސްޓްރީއަށް އެނގުނީ 2014 ފެބްރުއަރީ 19 ވަނަ ދުވަހުގައެވެ.
އެހެން ނަމަވެސް މި މައްސަލަ މީޑިޔާއަށް ތިލަވެފައި ވަނީ 2014 ފެބްރުއަރީ 26 ވަނަ ދުވަހުގައެވެ.
އިންޑިއާގެ ލެބް ޓެކްނީޝަން ރާޖޭޝް ކަކަންތު ބަސްކަރަންގެ މައްޗަށް ކުރެވޭ ދަޢުވާ ޝަރީޢަތަށް، ޕީޖީއިން ފޮނުވާފައި ވަނީ 2014 އޯގަސްް 16 ވަނަ ދުވަހުގައެވެ.
އެހެން ނަމަވެސް، ރާޖޭޝް ކަކަންތު ބަސްކަރަންގެ މައްޗަށް ކުރެވޭ ދައުވާ، ކޯޓުން ބޭރުކޮށްލާފައި ވަނީ އެމައްސަލައިގެ ތަހްޤީޤު ފުރިހަމަނުވާާ ކަމަށް ކަމަށް ބުނެއެވެ. އެހެން ނަމަވެސް، މި މައްސަލައިގެ އަޑުއެހުމެއް މީގެ ކުރިން ބާއްވާފައި ވެއެވެ.
މިމީހާގެ މައްޗަށް އުފުލަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން އޭނާގެ މައްޗަށް އުފުލާފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިމާއްދާ ބުނާގޮތުން ކުށް ސާބިތުވާ މީހެއްގެ މައްޗަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަ މަހަށް ޖަލަށްލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ