އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާކުރަން ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރ އުމަރު ނަސީރު ހަމަޖައްސަވާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަމަވަމުން މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ސަރުކާރުން އަބަދުވެސް "މަޝްވަރާތަކަށް" މަރުޙަބާ ކިޔާނެ ކަމަށެވެ.
"މަޝްވަރާތަކަށް މަރުޙަބާ ކިޔާނެ. ކަންދިމާކުރި ގޮތުން ސަރުކާރުގެ ފަރާތުން މަޝްވަރާކުރަން ހަވާލު ކޮށްފައި ވަނީ ވެސް އަޅުގަނޑާއި" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މަޝްވަރާ ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް ވެސް ހުންނާނެ ކަމަށެވެ. އެގޮތުން ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަކާއި މެދު މަޝްވަރާ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އުންމީދަކީ މަޝްވަރާކޮށް މައްސަލަތައް ހައްލުކުރުން ކަމަށެވެ.
އުމަރު ވިދާޅުވީ މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާ ތަކަކީ ކުރިމަތިލެވޭ ވަރުގެ ކުދިކުދި ކަންތައްތައް ކަމަށެވެ.
"އަޅުގަނޑުމެން އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި މުޒާހަރާ ކުރިއިރު ރެއަކު 80 މީހުން ހައްޔަރު ކުރާނެ. އެންމެ މަދުން ވެސް 50 އަށް އަރާނެ. މިހާރު ނާރާނެ" ހޯމް މިނިސްޓަރ ވިދާޅުވި އެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ މިހާރުގެ ސަރުކާރުން ވެސް އަދި ރައީސް ވަޙީދުގެ ސަރުކާރުން ވެސް މުޒާހަރާ ރޫޅާލުމުގައި ކަރުނަ ގޭސް ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ.
"މިހާރު މިހިނގަނީ ވަރަށް ކުދިކުދި މުޒާހަރާތަކެއް. ޙަޤީޤަތުގައި ވެސް ރައީސް ނަޝީދު ހައްޔަރުކޮށްގެން މުޒާހަރާ ކުރަނީ މަދު މީހަކު. ކުރީ ދުވަހު (27 ފެބްރުއަރީ) ގައި އެއީ ރައީސް ނަޝީދު ހައްޔަރުކޮށްގެން ކުރި މުޒާހަރާ އެއް ނޫން." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދު ހައްޔަރުކުރުމުން މުޒާހަރާއަށް ނިކުންނަ މީހުން މަދު ވަނީ އެމްޑީޕީގެ އެތެރޭގައި ވެސް ގާޒީ އެއް ހައްޔަރުކުރުން ގަބޫލު ނުކުރާ މީހުން އުޅޭތީ ކަމަށެވެ.
އަދި މުޒާހަރާއަށް ކޮންމެ ރެއަކު ނިކުންނަނީ 100 ނުވަތަ 200 އެއްހާ މީހުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މަޝްވަރާކުރަން ސަރުކާރުގެ ފަރާތުން ވަނީ އަޅުގަނޑާއި ހަވާލުކޮށްފައި – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ