ދެ އަނތްބަށް ކައިވެނިކޮށްދިނުމުގެ ކުރިން ދޮށީ އަނބިމީހާއަށާއި، ދަރިންނަށް ހަރަދު ކުރޭތޯ ބެލުމަށް އަނބިމީހާގެ ބަޔާނެއް ނަގަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ސަރކިއުލަރގައި ބުނެފައި ވަނީ، އެ އަނތްބަށް ވުރެ ގިނަ އަނބީންނާއި ކައިވެނި ކުރާ ފިރިހެނާއަކީ އަނބިދަރީންނަށް ހަރަދުކުރަމުންދާ މީހެއްތޯ ސާފް ކުރުމަށް މީގެ ކުރިން ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައި އަނބިމީހާގެ ބަޔާން ނަގަމުންދިޔަ ނަމަވެސް، މިހާރަކަށް އައިސް ބައެއް ކޯޓުތަކުގައި ހަރަދު ރެކޯޑެއް ނެތް ނަމަ އެއީ އަނބިދަރީންނަށް ހަރަދުކުރާ މީހެއްކަމުގައި ބަލައި އަނބިމީހާގެ ބަޔާން ނެގުމަކާއި ނުލައި ކައިވެނިކޮށްދެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންވެ އެއް އަނތްބަށް ގިނަ އަނތްބަށް ކައިވެނިކުރުމަށް އެދި ކޯޓަށް ހުށަހެޅޭ ހާލަތްތަކުގައި ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފިރިހެން މީހާ އިނދެގެން އުޅޭ އަނބިމީހާގެ ބަޔާނެއް ކޯޓުން ނަގަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާކަމަށް އެ ސަރކިއުލަރގައި ވެއެވެ.
އެ ސަރކިއުލަރގައި ބުނެފައި ވަނީ، އިތުރު އަނތްބަކު ހޯދާނަމަ އަނބިމީހާގެ ބަޔާން ނަގޭ ގޮތަށް ހަމަޖެއްސީ ފިރިހެން މީހާ އިނދެގެން އުޅޭ އަނބިމީހާ އަށާއި، ދަރިންނަށް ކުރަން ޖެހޭ ހަރަދު ކުރަމުންގެންދާ މީހެއްތޯ ބަލައި އެކަން ކަށަވަރުކޮށް ޔަގީން ކުރުމަށް ކަމަށެވެ.
ތަފްސީލް އަންނަނީ....
ދެ އަނތްބަށް ދެން އިނދެވޭނީ ދޮށީ އަނބިމީހާ ބަޔާން ދީގެން - ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ