ސަރުކާރު ހިންގާ ކޯލިޝަނުން ޖޭޕީ ބޭރުކުރަންދެން ތިބޭނަން ކަމަށާއި، ބޭނުންވަނީ ޖޭޕީ ބޮޑުކުރަން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން ޢަބްދުﷲ އަށް ތާއީދު ކުރައްވާ އިސް ބޭފުޅުންތަކެއް ޖޭޕީއަށް ސޮއި ކުރުމަށް މ.ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ ޖޭޕީ ކޯލިޝަނުން ވަކިނުވާނެ ކަމަށާއި، ސަރުކަރާއެކު އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަބަދު ރޭހުގެ ފަހަތުގައި ނޯވެވޭނެ ކަމަށާއި ކުރިއަރަން މަސައްކަތްކޮށް ކުރިއަރާނެކަމަށް ވިދާޅުވެ 2023 އޮންނަ ރިޔާސީ އިންތިހާބާއި ހަމައަށް ޖޭޕީ ބޮޑުކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޖޭޕީގެ ގޮތްޕެއް ނެތް ރަށް ރަށަށް ޒިޔާރަތްކޮށް، އެރަށް ރަށުގައި ޖޭޕީގެ ގޮފިތައް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދަޅުވީ ޖޭޕީން ކުރާ މަސައްކަތްތަކަކީ ސަރުކާރުން ވަކިވާން ކުރާ މަސައްކަތްތަކެއް ނޫން ކަމަށާއި ސަރުކާރުން ޤާނޫނު އަސާސީ އާއި އިސްލާމް ދީނަށް ފުށުނާރާ ގޮތަށް ހިންގާ ކޮންމެ ކަމެއްގައި ތިއްބަވާނީ ރައީސް ސާލިހު އާއި އެކުގައި ކަމަށެވެ.
ޖެޕީއަށް ސޮއި ކުރި މެންބަރުން ތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު، ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދް, އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު، އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ހިމެނިވަޑައިގަންނަވައެވެ.
ކޯލިޝަނުން ބޭރުކުރަންދެން ތިބޭނަން، ބޭނުންވަނީ ޕާޓީ ބޮޑުކުރަން - ގާސިމް އިބްރާހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ