މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމްގައި ތަޤުރީރު ކުރައްވާނީ މައުމޫން

މިއަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ފުރަތަމަ ފޯރަމްގައި ތަޤުރީރުކުރައްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މާދަމާ ރޭ އިސްލާމީ މަރުކަޒުގެ ހޯލްގައި ބާއްވާ މި އިހްޔާ ފޯރަމްގެ މައުޟޫއަކީ "ރަމަޟާން" އެވެ. އިހްޔާ ފޯރަމް ފެށޭނީ މާދަމާ ރޭ 21:30 ގައެވެ.
އިޙްޔާ ފޯރަމް އަކީ ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމުކުރާ، އިސްލާމީ ދަރުހާއި ނަޞޭހަތް ދެއްވާ ފޯރަމްތަކެކެވެ. ފޯރަމްތައް ކުރިއަށްދާނީ ރަމަޟާންމަހުގެ ކޮންމެ ހޯމަވިލޭރެއަކާއި ހުކުރުވިލޭރެއަކު އިސްލާމީ މަރުކަޒުގައެވެ.
މިއީ 1980 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ