މާމިގިލީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރާހިމްއާ ވާދަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އިންތިހާބުވެއްޖެއެވެ.
އެ މަގާމަށް ނަޝީދު އިންތިހާބުކޮށްފައިވަނީ މިރޭ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދުގެެ ނަންފުޅު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އެ ހުށަހެޅުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ތާއީދުކުރައްވައިފައެވެ.
މަޖިލީހުގެ ރައީސްކަމަށް ގާސިމްގެ ނަންފުޅު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިގެވެ. އެ ހުށަހެޅުމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވަނީ ތާއީދުކުރައްވައިފައެވެ.
މަޖިލީހުގެ ރައީސަކު ހޮވުމަށް ނެގި ވޯޓުގައި ނަޝީދަށް ލިބިވަޑައިގެންނެވީ 67 ވޯޓެވެ. އަދި ގާސިމަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 86 މެމްބަރުންގެ ތެރެއިން 85 މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ތަފްސީލް އަންނަނީ...
ބޮޑު ތަފާތަކުން ގާސިމް ބަލިކުރައްވައި، މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ނަޝީދު އިންތިހާބުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ