އިދިކޮޅު މެމްބަރުންނާއި މެދު ނަޝީދު ކަންކުރައްވަނީ ދީލަތިކޮށް - ޝަރީފު

އިދިކޮޅު މެންބަރުންނަށް މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު އަމަލު ކުރައްވަނީ ވަރަށް ދީލަތިކޮށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފު ވިދާޅުވީ މަޖްލިސް މިހާރު ހިންގާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށެވެ.
ރޭ ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ މަޖްލިސްގައި ސަރުކާރު މެމްބަރުންނާއި އެއްގޮތަށް އިދިކޮޅު މެމްބަރުން އަދި މިނިވަން މެމްބަރުންނަށްވެސް ވަގުތު ދެއްވާ ކަމަށެވެ. އަދި ފުރުސަތު ދެއްވުމުގައި ސަރުކާރު މެމްބަރުންނަށް އެކަނި ފުރުސަތު ދެއްވުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުގެ އަޑު އިއްވޭނެ ގޮތް ހައްދަވަމުން ގެންދަވާ ކަމަށެވެ.
"މަޖްލިސްގެ ރައީސް، މަޖްލިސްގައި ތިއްބެވި އިދިކޮޅު މެމްބަރުންގެ އަޑު އިއްވަން ފުރުސަތު ދެއްވާ އެކަމުގައި އެމަނިކުފާން ވަރަށް ދީލަތި ހަގީގަތުގައި މަޖިލިސްގެ ރައީސް، އިދިކޮޅު ފަރާތްތަކަށް ހަމަ ވަރަށް ދީލަތި ކަމާއެކީގައި އެކަން އެބަ ކުރައްވާ" ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ މިކަން މިހެން ހުރި ނަމަވެސް މަޖްލިސްގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު މާބޮޑަށް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑުމެންގެވެސް ފިކުރާ އެކީގައި، މިހާރު އިދިކޮޅު ފަރާތްތަކަށްވެސް، ކޮންމެ މެންބަރަކަށް ލިބިފައި އޮތް ވަގުތުވެސް އިތުރުވެފައި އެބައޮތް ނަމަވެސް މަޖްލިސްގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު މާބޮޑަށް ވާހަކަ ދައްކަވަމުން ގެންދަވާ " ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ