އަައްޑޫގައި ކުނިން ކަރަންޓް އުފެއްދުމަށް 16 މިލިއަން ޑޮލަރުގެ މަޝްރޫއެއް

އުކާލާ ކުނިން ކަރަންޓް އުފެއްދުމަށް އައްޑޫގައި، 16 މިލިއަން ޑޮލަރުގެ މަޝްރޫއެއް ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ލޮޓަސް ކުންވަ ޖޮއިންޓް ވެންޗާއާ ހަވާލުކޮށްފިއެވެ. އައްޑޫ ސިޓީ ހިތަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ލޮޓަސްގެ ފަރާތުން ސޮއިކުރެއްވީ ޑޮންގް އިލް ލިމްއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ފަންޑަށް ހަރަދުކުރާނީ މޯލްޑީވްސް ގްރީން ފަންޑުން ކަމަށެވެ. އަދ ބުނީި އެ މަސައްކަތުގެ ދަށުން ވޭސްޓު އެނާޖީ ޕްލާންޓެއް ޑިޒައިންކޮށް އެތަކެތި ގެނެސް ރާއްޖޭގައި ބަހައްޓައި މަސައްކަތް ފެށުމުން ދުވާލަކު 1.5 މެގަވޯޓުގެ ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ. އަައްޑޫގައި ކުނިން ކަރަންޓް އުފެއްދުމުގެ މަޝްރޫއުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ އަދި އޭގެން އެއް މެގަވޯޓް ކަރަންޓް އައްޑޫ ސިޓީއިން ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދޭ މައިވިއުގައާ ގުޅާލައި ބާކީ 500 ކިލޯ ވޯޓު ބޭނުންކުރާނީ ވޭސްޓް ފެސިލިޓީ ހިންގުމަށް ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ އެ ޕްލާންޓުން 2021 ވަނަ އަހަރު ހިދުމަތް ދޭން ފެށޭވަރު ވާނެ ކަމަށެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުނީގެ މައްސަލައަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮން ޖެހުން ކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި އިތުރު ވަޒީފާތައް އުފެދިގެން ދާނެކަމަށްވެސް މިނިސްޓަރު ވިދާޅުއެވެ، އޭނާ ވިދާޅުވީ އެ ވޭސްޓް ފެސިލިޓީސްގެ މަސައްކަތް ފެށުމުން ފުވައްމަލަކުގައި ވޭސްޓް ބޭލިން ސިސްޓަމްތައް ހަރުކުރެވި އެބޭލްތައް އައްޑޫ ސިޓީގައި ހުންނަ ފެސިލީޓީއަށް ގެނެސް އިންސިނެރޭޓް ކުރެވިގެން ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ